ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގަައި އިމާރަތްކުރަމުން އަންނަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފެށިގެން ފްލެޓް ލިބުނު މީހުންނަށެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ކުރިން ވިދާޅުވީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓްތަކެއް މީހުންނާ ހަވާލުކުރެވޭތޯ މަސައްކަތް ކުރާކަމަށެވެ. އެހެންނަމަވެސް އެފްޑީސީން ވަނީ ފްލެޓްތައް ހަވާލުކުރަން އާ ތާރިހުތަކެއްދީ އެ ތާރީހުތައް ފްލެޓް ލިބުނު މީހުންމަށް ފޮނުވާފައެވެ.
ފުލެޓް ހަވާލުކުރަން ދިން އާ ތާރީހުތައް
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރާ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ. މިހާތަނަށް 1،200 އަށް ވުރެ ގިނަ މީހުން ވަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފަ އެވެ.
ފްލެޓްގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ އެވެ.
ދެ ކޮޓަރީ އެޕާޓްމަން މެއިންޓެނަންސް ފީއާ އެކު ފްލެޓްގެ އަގަކީ 8،000ރ ކަމަށްވާއިރު ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހޭނެ އެވެ
ތިން ކޮޓަރީގެ އެޕާމަންޓު މެއިންޓެނަންސް ފީއާ އެކު ކުއްޔަށް 11،500ރ. ދައްކަން ޖެހޭއިރު ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަންޖެހޭނެ އެވެ
އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.