ads
ފުވައްމުލަކުގައި ފެން ކެނޑުމާ ގުޅިގެން ކުރި މުޒާހަރާގެ ތެރެއިން: ފޮޓޯ އައްޑޫ އެއްކްސް ފައިލްސް
ފުވައްމުލަކު ފެންނަން ޖެހުމުން މިދިޔަ މަހަށް ބިލް ނުކުރަން ނިންމައިފި
ފުވައްމުލަކުގެ ފެން ތަގައްޔަރުވެ ފެންނަށް ޖެހި ފެން ނުލިބޭ ދުވަސްތަކެއް ދިޔުމުން މިދިޔަ މަހަށް ބިލު ނުކުރާ ގޮތަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.
Advertisement

ފެން ތަގައްޔަރުވެގެން ފުވައްމުލަކު ސިޓީން ފެނުގެ ހިދުމަތް މިދިޔަ މަހުގެ 10 ވަނަ ދުވަހު މެދުކަނޑާލާފައި އޮތުމަށްފަހު ފެން ދޫކުރަން ފެށީ އޭގެ ހަތަރު ދުވަސްފަހުންނެވެ. 

ފުވައްމުލަކަށް ފެން ދޫކުރާ ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް ރަނގަޅު ފެންވަރެއްގައި ފެނުގެ ހިދުމަތް އަލުން ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ހުއްޓުމެއްނެތި ކުރަމުންދާކަމުގެ ޔަގީންކަން ދޭކަމަށެވެ.

ފެނަކައިން ބުނީ ފުވައްމުލައް ސިޓީގެ ފެނުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރަމުން ދިޔއިރު އެކި ޗަގުތުތަކުގައި ފެން ކެނޑުމާއި ފެނުނުގެ ޕްރެޝަރޔ ދަށްވުން ފަދަ ކަންކަން މެދުވެރިވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށްވެސް ފެނަކައިން ބުނެއެވެ. އެހެންކަމުން އެކަމަށް ލުޔެއް ދިނުމަށް މިދިޔަ މަހަށް ބިލް ނުކުރަން ނިންމާފައިވާކަމަށް ފެނަކައިން ބުނެއެވެ. 

" ވީމާ މި ކަންކަމަށް ރިޔާއަތްކޮށް ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަައި ފާއިތުވި ނޮވެމްބަރުމަހު ފުވައްމުލަކު ސިޓީގެ ފެނަނަށް ބިލް ނުކުރާގޮތަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ." ފެނަަކައިން ނެރުނު ބަޔާނުގައިވެއެވެ.

ފުވައްމުލަކުގެ ފެނުގެ ހިދުމަތް މެދުކެނޑުމަށްފަހު މިހާރު އަލުން ދޫކޮށްފައިވާ ފެން ރައްކާތެރިކަމަށް ސަރުކާރުން ބުނިނަމަވެސް ސިޓީ ކައުންސިލުން ފެނުގެ ސާމްޕަލް ނަގާ ޗެކުކުރުމުގެ މަސައްކަތް ކައުންސިލުން ވަނީކޮށްފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް