ads
ހުސެއިން ފާއިޒް ރަޝާދު
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ވަކިކުރަން ކޮމިޓީން ނިންމައިފި
ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު މަގާމުން ވަކިކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
Advertisement

 ގާޒީ ހުސެއިން ފާއިޒް ރަޝާދު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާ އެ މައްސަލަ މަޖިލިހަށް ފޮނުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ފެށިގެން ފާއިޒް ހުންނެވީ ސަސްޕެންޑް ކޮށްފައެވެ. 

ފާއިޒު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހުގެ ތަޅުމަށް ފޮނުވުމަށް ޖުޑިޝަރީ ކޮމެޓިން ފާސްކުރީ އެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. 

ކޮމެޓިން ބަލާފައިވަނީ  ޖޭއެސްސީން އެ މައްސަލަ  ތަހުގީގުކޮށް ނިންމުމުގައި އިޖުރާއަތްތައް ފުރިހަމަކުރިތޯއެވެ. އެގޮތުން އެ މައްސަލަގައި ޖޭއެސްސީން ފޮނުވި ލިޔެކިއުންތަކުން އިޖުރާއަތް ފުރިހަމަކޮށްފައިވާކަން އެނގޭކަމަށް ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ގާޒީ ފާއިޒު ރަސްމީކޮށް މަޖިލީހަށްވެސް އަދި އެހެން ތަނަކަށްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. 

ފަނޑިޔާރަކު ވަކިކުރަން އޮންނަ އިޖުރާއަތަކީ ޖޭއެސްސީން ގޮތެއް ނިންމުމަށް ފަހު، އެ މައްސަލަ މަޖިލީހަށް ފޮނުވާ މަޖިިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން އެގޮތަށް ނިންމައިފިނަމައެވެ. 

ގާޒީ ފާއިޒުގެ މައްސަލަ ޖޭއެސްސީން ބެލުމަށްފަހު ނެރުނު ބަޔާނުގައި ބުނީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފަށް ފާއިޒު އަމަލުކޮށްފައިވާކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާކަމަށެވެ. 

ގާޒީ ފާއިޒް ރަޝާދުގެ އެ އަމަލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް