ads
މީހަކު ފެން ކޭހެއް ހިފައިގެން: ކުދި ޕުލާސްޓިކު ފެންފުޅި އެތެރެ ކުރުމާއި އުފެއްދުން މަނާކުރުން 2028 އަށް ފަސްކުރުން - ފޮޓޯ:އަދަދު
ކުދި ޕުލާސްޓިކު ފެންފުޅި އެތެރެ ކުރުމާއި އުފެއްދުން މަނާކުރުން 2028 އަށް ފަސްކޮށްފި
އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެންބަންދުކޮށް ރާއްޖެ އެތެރެކުރުން މަނާކުރާ ތާރީހު ރައީސް ޑރ. މުހައްމަދު މުއިއްޒު ފަސްކުރައްވައިފި އެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާވާނީ 1 ޑިސެމްބަރު 2027 އިން ފެށިގެންނެވެ. 

އެ ސައިޒުގެ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖޭގެ ބާޒާރަށް ނެރުން ދެން މަނާވާނީ 1 ޖޫން 2028 ގައި ކަމަށް ގަރާރުގައި ވެއެވެ.

މީގެ އިތުރުން އެބާވަތުގެ ޕްލާސްޓިކް ފުޅި ރާއްޖޭގެ ބާޒާރުގައި ވިއްކޭނެ ތާރީހެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތް 1 މާރިޗު 2026އަށް ބަދަލު ގެންނަވައި އެފަދަ ތަކެތި ބާޒާރުގައި ވިއްކޭނެ އެންމެ ފަހުގެ ތާރީހަކީ 1 ޖޫން 2028 ކަމުގައި ރައީސްގެ ގަރާރުގައި ވަނީ ކަނޑައަޅުއްވާފަ އެވެ.

މިއަދު ނެރުއްވި ގަރާރަށް އަމަލު ކުރަން ފެށުމާ އެކު، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖޭގައި މަނާކުރުން ދެ އަހަރަށް ފަސްވީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް