ads
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު
އިސްކުރަންވީ އިހުސާންތެރިކަން، ކެތްތެރިކަން، އެހީތެރިކަން،: ފަސްޓް ލޭޑީ
އަޅުގަނޑުމެން އިސްކުރަންވީ އިހުސާންތެރިކަމާއި ކެތްތެރިކަމާއި އެހީތެރިކަން ކަމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެކަމަނާ މިހެން ވިދާޅުވީ އެޗްޑީސީން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، އެކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ސާޖިދާ ވަނީ ޝާމިލު މުޖުތަމައެއް ބިނާކުރުން ފަދަ ކަންކަމުގައި ގައުމަށް ގެނެވޭ އިސްލާހީ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހީންގެ ކިބައިގައި ވާ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ސިފަތަކާއި ޝުއޫރުތައް ހިތްމައްޗަށް ގެނެސް، އެ ގޮތުގައި ގައުމާއިގެން ކުރިއަށްދިއުމަކީ، މުސްތަގުބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ. 

އެ ކަމަނާ ފާހަގަކުރެއްވި ގޮތުގައި އެޗްޑީސީން މިއަދު ވަޒީފާ ހަމަޖައްސައިދިން މީހުންގެ ތެރޭގައި ވަކި ކަހަލަ ނުކުޅެދުންތެރިކަމެއް ހުއްޓަސް އެކި ކަހަލަ ހުނަރާއި ގާބިލްކަން ހުރި ގިނަ ބަޔަކު އެބަތިއްބެވެ. އަދި އެއީ ހުނަރުވެރި ބައެއް ކަމަށާއި އެހެންވެ އެ މީހުންނަށް މައުލޫމާތާއި ހިތްވަރު ދިނުމަށް އެޗްޑީސީގެ މުވައްޒަފުންގެ ކިބައިން ފަސްޓް ލޭޑީ އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ހުރިހާ ހުނަރުތަކެއްގެ ވެރިއެއް ނޫން. އެ ހުރިހާ އިލްމުތަކެއްގެ ގާބިލް މީހެއް ވެސް ނޫން. މި ބޭފުޅުންނާ މެދު ވެސް އޮންނާނީ ހަމަ އެ ގޮތް. އަޅުގަނޑުމެން އިސްކުރަންވީ އިހުސާންތެރިކަން، ކެތްތެރިކަން، އެހީތެރިކަން،" އެ ކަމަނާ ވިދާޅުވި އެވެ.

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ވަޒީފާ ލިބިގެންދިޔަ ފަރާތްތަކުގެ ތެރޭގައި އެކި ބާވަތުގެ ތައުލީމު ލިބިފައިވާ އެކި ހުނަރަށް އަހުލުވެރިވެފައިވާ އެތައް މީހުންނެއް ތިބިކަން ވަނީ ފާހަގަކުރައްވާފަ އެވެ. 

އެޗްޑީސީގެ މުވައްޒަފުންނަށް ހުރިހައި މުއާމަލާތަކުންވެސް އަލަށް ވަޒީފާއަށް ހޮވުނު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އުފާވެރިކަމާއި އުންމީދާއި ހިތްވަރު ހޯދަވައިދެއްވުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ގޮވާލައްވާފަ އެވެ.

your imageއެޗްޑީސީން ވަޒީފާ ހަމަޖައްސައިދިން ހާއްސަ އެހީއަށް ބޭނުންވާ ބައެއް މީހުން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވަނީ - ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ އެޗްޑީސީގެ ވަޒީފާއާ ގުޅިވަޑައިގެންނެވި، ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ވަނީ އެޗްޑީސީގެ ވެބްސައިޓްގެ އެކްސެސިބިލިޓީ ފީޗާއެއް ކަމަށްވާ، އޭ.އައި ބޮޓް "މިތުރު" ތައާރަފުކުރައްވާފަ އެވެ. އެ ބޮޓް މެދުވެރިކޮށް ވެބްސައިޓްގެ ތަޖުރިބާ މުއްސަނދިވެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް