ads
ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް: ފޮޓޯ ޕީއެންސީ
މި ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ 350 މީހުނަށް ވަޒީފާ ހަމަޖައްސައިދީފި: މިނިސްޓަރު
މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
Advertisement

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، މިއީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ކަށަވަރުކޮށް އެ މީހުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ނަތީޖާއެއް ކަމަށެވެ.

މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އެންމެ މުހިންމު އެއް ސިޔާސަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް މުޖުތަމައުގައި ފަހި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިގޮތުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ މި ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. ވަކިން ހާއްސަކޮށް، މިފަދަ ފަރާތްތަކަށް ވަޒީފާގެ މާހައުލަށް ނުކުމެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުޖުތަމައު ހޭލުންތެރިކުރުވުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މައިގަނޑު ތިން ކަމަކަށް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ. އެއީ ޅަފަތުގައި ނުކުޅެދުންތެރިކަން ހުންނަކަން ދެނެގަނެ އަވަސް ފަރުވާ ފެށުމާއި، ތައުލީމީ މަރުހަލާ ނިންމާ ދަރިވަަރުންނަށް ވަޒީފާއަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމުގެ އިތުރުން، ދައުލަތުގެ މުއައްސަސާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމެވެ. މިނިސްޓަރު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކޮށް، އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް