މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ދެއްކި މި ޝޯގައި ވާހަކަ ދައްކަމުން ޒޯއީ ބުނީ، އެންގޭޖްވުމަށްފަހު ބައިވެރިޔާއަށް "ފިއާންސޭ" ކިޔުމުގެ ބަދަލުގައި އޭނާ ބޭނުންކުރަނީ "ބިޔޯންސޭ" ކަމަށެވެ. އަދި އާންމުކޮށް މީހުން ކިޔާ އުޅޭ ނަން ދޫކޮށްލުމަށްފަހު، މަޝްހޫރު ލަވަކިޔުންތެރިޔާގެ ނަން ބޭނުންކުރަން ފެށި ސަބަބު އޭނާ ވަނީ މި ޕްރޮގްރާމުގައި ހާމަކޮށްފައެވެ.
ޒޯީ ޑުއިޗް އާއި ޖިމީ ޓެޓްރޯގެ އެންގޭޖްމަންޓަށްފަހު މިފަދަ މަޖާ ކަންތައްތައް ހިނގަމުންދާކަން ހާމަވުމުން އާންމުންގެ ސަމާލުކަން ވަނީ ލިބިފައެވެ.
މި އިންޓަވިއުގައި އޭނާ ދެއްކި ވާހަކަތަކުން ދެމީހުންގެ ދެމެދުގައި އޮތް ގާތް އަދި މަޖާ ގުޅުން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ.