ads
މަހުލޫފް މަޖިލީހުގަ
ޖަޕާނު ސަފީރުކަމަށް މަހުލޫފް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާ ސަފީރުކަމަށް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
Advertisement

މިއަދު އޮތް ޖަލްސާގައި މަހުލޫފަށް ރުހުން ދޭން ފާސްވީ 60 މެންބަރުންގެ ވޯޓުންނެވެ. އޭނާއަކީ ދާދި ފަހުން ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.

މަހުލޫފް ސަފީރުކަމަށް ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ނިމިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަހުލޫފް، ޕީއެންސީއަށް ސޮއިކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ މަހު އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައެވެ. އޭނާގެ ނަން ދިރާސާކޮށްފައި ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންނެވެ.

މީގެއިތުރުން ފަލަސްތީނާއި އުރުދުންއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުންނަށް ރުހުން ދިނުމަށް ވެސް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެގޮތުން ފަލަސްތީނު ސަފީރަކަށް، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އައްޔަނުކުރަން 62 މެންބަރުން ވޯޓު ދެއްވިއެވެ. އަދި އުރުދުންގެ ސަފީރަކަށް، އެ މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު ހަމަޖެއްސެވުމަށް 63 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް