ads
ސަމަންތާގެ އަނގޮއްޓި ފެންނަ ފޮޓޯއެއް އަދި އެނާ ލޯބިވެރިއާއެކު ފެންނަ ފޮޓޯއެއް
ސަމަންތާގެ އަނގޮޓި ފެނުމުން ގިނަ ބަޔަކަށް ޝައްކުވެއްޖެ: ސިއްރުން އެންގޭޖްވީތަ؟
ބޮލީވުޑްގެ މަޝްހޫރު ތަރި ސަމަންތާ ރުތު ޕްރަބޫ އަތުގައި އޮތް އަނގޮއްޓިއެއް ފެނި ގިނަ ބައެއްގެ ހިތްތަކުގައި ޝައްކުތަކެއް އުފެދިއްޖެއެވެ.
Advertisement

ސަމަންތާ އާއި ފިލްމު އުފެއްދުމުގައި ހަރަކާތްތެރިވާ ރާޖް ނިޑިމޯރޫގެ ކައިވެނި ކުރަން އުޅޭ ވާހަކަ ދެކެވެމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މި ދެމީހުންގެ ކައިވެނި އަންނަ ޑިސެމްބަރު މަހު ކުރަން ނިންމާފައިވާ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް، ފޭނުން މިހާރު ގަބޫލުކުރަނީ މި ދެމީހުންގެ އެންގޭޖްމަންޓް މާ ކުރިން ނިމިފައިވާ ކަމަށެވެ.

މި ދެމީހުންގެ ގުޅުން ވަރަށް ބޮޑަށް ސިއްރުކޮށްގެން ގެންގުޅުނު ނަމަވެސް، ސަމަންތާގެ ކުރީގެ ސޯޝަލް މީޑިއާ ޕޯސްޓުތަކަށް ބަލާލުމުން ގިނަ ބަޔަކަށް ޝައްކުތަކެއް ވަނީ އުފެދިފައެވެ. ހާއްސަކޮށް ސަމަންތާގެ އަތުގައި އަޅާފައި އޮތް އަނގޮޓިއަކީ އެންގޭޖްމަންޓް އަނގޮޓިއެއް ކަމަށް ފޭނުން ބުނަމުން ދެއެވެ. މިއީ މީގެ މަސްތަކެއް ކުރިން ހިނގާފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.

ސަމަންތާ އާއި ރާޖްގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޑިސެމްބަރު މަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިހާތަނަށް ރަސްމީކޮށް މިކަމާ ގުޅޭގޮތުން ދެމީހުންކުރެ އެކަކުވެސް ވާހަކަ ދައްކާފައެއް ނުވެއެވެ. ފޭނުން އިންތިޒާރު ކުރަމުން އަންނަނީ މި ކައިވެނީގެ ރަސްމީ އިއުލާނަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް