ads
"އަޕް އޯލް ނައިޓް" ގެ ނަމުގައި ޖޭލޯގެ އާ ޝޯތަކެއް
"އަޕް އޯލް ނައިޓް" ގެ ނަމުގައި ޖޭލޯގެ އާ ޝޯތަކެއް ލަސް ވޭގަސްގައި ފަށަނީ
މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޯޕޭޒް ނުވަތަ ޖޭލޯ އެނބުރި ލަސް ވޭގަސް އަށް ގޮސް، އާ ކޮންސެޓް ރެސިޑެންސީއެއް ފަށަން ތައްޔާރުވެއްޖެއެވެ.
Advertisement

މި ޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ލަސް ވޭގަސްގެ މަޝްހޫރު ސީޒާސް ޕެލަސްގެ ދަ ކޮލޮސިއަމްގައެވެ.

މި ފަހަރު ޖޭލޯ ކުރިއަށް ގެންދާ ޝޯތަކަށް ދީފައިވާ ނަމަކީ "އަޕް އޯލް ނައިޓް ލައިވް އިން ލަސް ވޭގަސް" އެވެ. މިއީ މީގެ ކުރިން ވެސް ލަސް ވޭގަސްގައި ކާމިޔާބު ޝޯތަކެއް ދީފައިވާ ޖޭލޯ، އާ ހަކަތައަކާ އެކު އެނބުރި އަންނަ ކަމުގެ އިޝާރާތެކެވެ. މި ޝޯތަކުގައި އޭނާގެ މަޝްހޫރު ގިނަ ލަަވަތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

މި ޝޯތައް ފެށުމަށް ތާވަލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެގޮތުން 2025 ޑިސެމްބަރު 30 އަދި 31 ގައި ޝޯތައް އޮންނާނެއެވެ. އަދި އޭގެ ފަހުން 2026 ވަނަ އަހަރުގެ ޖެނުއަރީ 2 އަދި 3 ގައި ވެސް ޝޯތައް ކުރިއަށްދާއިރު، ހަމަ އެ އަހަރުގެ މާޗު މަހު ވެސް އިތުރު ޝޯތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް