ads
ސައުދީގެ ވިޔަފާރިވެރިންގެ ވަފުދު ރައީސް މުއިއްޒުއާ ބައްދަލުކުރައްވަނީ
ސައުދީގެ ވިޔަފާރިވެރިންގެ ވަފުދެއް ރައީސް މުއިއްޒު އާ ބައްދަލުކޮށްފި
ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރު އޮފް އިންޓާނޭޝަނަލް ރިލޭޝަންސް ސާރާ އަލް-ސަޢީދާއި، އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި އެ ގައުމުގެ ވިޔަފާރި ވަފުދެއް، ރައީސް ޑރ މުހައްމަދު މުޢިއްޒު އާ ބައްދަލުކުރައްވައިފިއެވެ.
Advertisement

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމަކީ، މި އަހަރުގެ ކުރީކޮޅު ރައީސް މުއިއްޒު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެން ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު، އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް- އާލް ސުއޫދު އާއެކު ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓް ތައް ފުޅާ ކުރެއްވުމާއި، ބެހޭގޮތުން ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވެވި ބައްދަލުވުމެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. 

މި ބައްދަލުވުމަކީ، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އިތުރަށް ކުރިޔަށް ދިޔުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. 

މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް މަޝްވަރާކުރި ދާއިރާތަކުގެ ތެރޭގައި، އިންވެސްޓްމަންޓާ، އިގްތިސާދީ ތަރައްގީއާއި، އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުމާއި، ދަނޑުވެރިކަމާ، މަސްވެރިކަމާ، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭކަމަށް ރައީސް އޮފީހުން ބުނެއެވެ. 

މި ވަފްދާއި އެކު މިއަދު ވައްމޭޒު ޖަލްސާގައިވެސް ބޭއްވުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ބައްދަލުވުމުގައި، ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ، އަދި ސިނާއަތްތަކުގެ އިސްވެރިންނާއެކު ސީދާ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް