ads
ލ. ގަމު އިންޖީނު ގޭގައި ރޯވުން
ލ ގަމު އިންޖީނުގޭގައި ރޯވެ އަނދަނީ
ލ. ގަމު ފެނަކަ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ތަނުގައި ބޭނުންކުރަމުން ދިޔަ ޖަނަރޭޓަރަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
Advertisement

 މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ގަމު އިންޖީނުގޭގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ މިއަދު 14:50 ހާއިރުއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ފުލުހުންގެ އިތުރުން އެ ރަށު އާންމުން ގުޅިގެން ކުރި މަސައްކަތުން، ރޯވި އަލިފާންގަނޑު ވަނީ 15:50 ހާއިރު އެއްކޮށް ނިއްވާލެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ގަމު ކައުންސިލުން ބުންޏެވެ. އެހެންނަމަވެސް، އަލިފާނުގެ ސަބަބުން އިންޖީނުގޭގައި ހުރި އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން މިހާރު ދަނީ މި ކަން ހިނގަން މެދުވެރިވި ސަބަބު ބަލައި ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް