ads
ސަނީ އުމަރު
ސަނީ އުމަރު 30 ދުވަހަށް ބަންދުކޮށްފި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ސަނީ ޢުމަރު، 30 ދުވަހަށް ބަންދުކޮށްފިއެވެ.
Advertisement

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، 30 ދުވަހަށް ބަންދުކޮށްފައިވަނީ ޕީޖީން އެގޮތަށް އެދުމުންނެވެ. 

މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދުކުރާ ކަމަށްވެސް ޕީޖީ އޮފީހުން މިއަދު ބުންޏެވެ. 

ސަނީ އުމަރު ހައްޔަރުކުރީ ފިލައިގެން ރާއްޖޭން ބޭރަށް ދާން އުޅެނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް