ލ.ގަން ތުނޑީ އިންޖީނުގޭގައި ރޯވެ ސިފައިން ހަރަކާތްތެރިވަާން ފެށިކަން އެ އިދާރާއިން ބުނީ މިއަދު 15:27 ގައެވެ. ފުލުހުން ބުނީ ލ.ގަމު ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން 15:50 އެހާކަންހާއިރު ވަނީ ނިއްވާލެވިފައިވާކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. އެހެންނަމްވެސް އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށް ފުލުހުން ބުނެއެވެ.
މިހާދިސާ ދަނީ ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.