ads
މޫސާ ލަތީފްގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ ދޮންކޮ ނެރުން - ފޮޓޯ/: ދައުރު
މޫސާ ލަތީފުގެ ކުޑަކުދިންގެ ވާހަކަ ސީރީޒް "ދޮންކޮ" ނެރެފި
ތަޖުރިބާކާރު ލިޔުންތެރިޔާ މޫސާ ލަތީފް ލިޔުއްވި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒް "ދޮންކޮ" ނެރެފި އެވެ.
Advertisement

މިއަދު ހަވީރު ސިޓްރޯންގައި ބޭއްވި ހަފްލާއެއްގައި މޫސައާ އެކު އެ ފޮތް ނެރެދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން އެވެ.

މި ރަސްމިއްޔާތުގައި މޫސަ ވިދާޅުވީ، އެ ފޮތްތައް ލިޔުއްވަން ފެއްޓެވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2014 ވަނަ އަހަރުގެ ކައުންސިލް އިންތިހާބު ނިންމުމަށް ފަހު، ތިން މަހުގެ ޗުއްޓީއެއްގައި ހުންނަވައިގެން ކަމަށެވެ.

"ކުޑަކުދިން މި ވާހަކަ ކިޔަމުންދާ ވަރަކަށް ކުރިއަށް އޮތްތާ މި ވާހަކައިގެ ކެރެކްޓާތައް ވެސް ބޮޑުކުރަމުން، ޝަހުސިއްޔަތު ބޮޑުކުރަމުން ދާނީ. ތަންކޮޅެއް ދިގު ވާހަކަތަކެއް ވެސް ލިޔާނަން،" "ހަވީރު" ނޫހާއި "މިހާރު" ގެ ކުރީގެ އެޑިޓަރު އަދި މިވަގުތު "ދައުރު" ނޫހުގެ އެޑިޓަރުކަން ކުރައްވާ މޫސަ ވިދާޅުވި އެވެ.

"ދޮންކޮ" ފޮތް ސީރީޒް ގައި ހިމެނޭ ފޮތްތައް

  1. ދޮންކޮ އާއި އެދުރުބެ
  2. ކެތީގެ ބޮޑު ތޫފާން
  3. ކަމަނަގެ ކަޅުލައް
  4. ކަނޑު ވިގަނި
  5. އިޔާއްކޮ

މޫސަގެ ކުޑަކުދިންގެ ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ ފޮތެއް 65ރ. އަށެވެ. ފަސް ފޮތް އެއްކޮށް ގަންނަ ނަމަ ހާއްސަ އަގެއްގައި 315ރ. އަށް ލިބޭނެ އެވެ.

ފޮތް ގަންނަން ބޭނުންވާ މީހުން 7335353 އަށް ވައިބާ ކުރުމުން އެކަން ހަމަޖެހޭނެ އެވެ.

ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމު، އުމުރުން 30 އަހަރުގައި 2001ގައި މޫސާ ލަތީފަށް ވަނީ ލިބިވަޑައިގެންފަ އެވެ. އޭގެފަހުން، މިދިޔަ އަހަރު މޫސައަށް ވަނީ، ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް