ads
ގަން ފެނަކަ އިންޖީނުގޭގައި ރޯވެ، ލިބުނު ގެއްލުން - ފޮޓޯ: ކިއުންތެރިއެއް
މައްސަލަ ހައްލުކޮށް ގަމަށް ކަރަންޓުދީފި
ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި މިއަދު މެންދުރުފަހު ރޯވެ، އެއް އިންޖީނު ހަލާކުވި ނަމަވެސް ކަންކަން ހަމަޔަކަށް އަޅުވައި މީގެ ބައިގަޑިއެއްހާއިރު ކުރިން މުޅި އެ ރަށަށް އަލުން ކަރަންޓު ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

ފަސް ހާސް މީހުން ދިރިއުޅޭ ގަމުގެ ފެނަކަ ބްރާންޗުގައި ރޯވީ، މިއަދު 2:45 ހާއިރު ކަމަށްވާއިރު، އަލިފާން ނިއްވާލާފައި ވަނީ، 15:50 ހާއިރެވެ. އެކަމަކު، އިންޖީނު ރޫމަށް އެކި ވަރުގެ ގެއްލުންތައް ލިބިފައި ހުރުމުން ކަރަންޓު ދޭކަށް ނުފަށަ އެވެ.

ފެނަކަ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑިފައިވާތީ މިވަގުތުު މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް ކަރަންޓް ދިނުމަށް ކަަމަށެވެ. މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް ބަލާއިރު މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓް ދެވޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުންޏެވެ.

"މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައެވެ. އެނެކްސް ދޭކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާ ކަމުގައި ދަންނަވަމެވެ،". ބަޔާނުގައިވެ އެވެ.


އެ ކުންފުނިން ބުނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން ފާހަވެފައިވާ ގޮތުން، ގެއްލުންވެފައި ވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށް ކަމަށެވެ. މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ކަރަންޓު ކެނޑުނު ވަގުތު އެރަށުން ފެން ކެނޑުނު ނަމަވެސް އެމައްސަލަވެސް ހައްލުކޮށްފައިވާކަމަށް ފެނަކައިން ބުނެ އެވެ. އަދި އެރަށުގެ ނަރުދަމާއަށް މައްސަލައެއް މީގެ ސަބަބުން ކުރިމަތިނުވާކަމަށް ފެނަކައިން ބުންޏެވެ.

ގަމު އިންޖީނުގޭގައި ރޯވާން ދިމާވި ސަބަބެއް އަދިއެއް ނޭނގެ އެވެ. އެމްއެންޑީއެފް ފަޔަރުންގެ ޓީމާއި ފުލުހުން ގުޅިގެން އެ ކަންކަން ސާފުކުރަމުން އަންނަ ކަމަށް ފެނަކައިގެ އެމްޑީ މިރޭ ވިދާޅުވި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް