ads
ހުޅުމާލެ މަގުތައް ހަދަން އެއްބަސްވުމުގައި ޗައިނާގެ ރޯޓައިމް ކުންފުންޏާއި އެކު ސޮއިކުރުމުގެ ތެރެއިން
ހުޅުމާލެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާއި އެކު ސޮއިކޮށްފި
ހުޅުމާލޭގެ މަގުތަައް ހެދުމުގެ މަސައްކަތް ކުރަން ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
Advertisement

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) ގެ ފަރާތުން މި  އެއްބަސްވުމުގައި ސޮއިކުރީ ކުންފުނީގެ މެނޭަޖިން ޑިރެކްޓަރު ބަރިގޭޑިއާ  ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހެއިރެވެ.

އެޗްޑީސީން ބުނީ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ މަގުތައް ހެދުމުގެ އިތުރުން މަގުތައް ރަނގަޚުކޮށް މަރާމާތްކުރުމުގެ މަސައްކަތް ވެސް ހިމެނޭކަމަށެވެ. އަދި މިއީ، ހުޅުމާލޭގެ އިންފްރާސްޓްރަކްޗާގެ ކޮލިޓީ ރަނގަޅުކުރަން އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. 

މި އެއްބަސްވުމުގެ ދަށުން ހަދަނީ ކޮން މަގުތަކެއްކަމެއް އަދި އެޗްޑީސީއަކުން ނުބުނެއެވެ. 

ހުޅުމާލޭ މަގު ހެދުމުގެ މަސައްކަތް ހަވާލުކުރި ރޯޓައިމް ކުންފުނިން އަންނަނީ މިހާރުވެސް މާލެއާއި ހުޚުމާލޭގައި ބައެއް މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުމް ވެރިރަށް މާލޭގައި ތަރައްގީކުރާ ސާފިން ސްޓޭޑިއަމް ވެސް ތަރައްގީކުރުމުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާއެވެ. 

މީގެއިތިރުން  މިދިޔަ އަހަރުގެ ތެރޭގައި ހުޅުމާލޭގައި ހަދާ  ސްމާޓް ވެއާހައުސް ކޮމްޕްލެކްސް އާއި ޗިލްޑްރަންސް ސެންޓަރާއި މަސައްކަތްވެސް ކުރަނީ މި ކުންފުނިންނެވެ. އަދި ދެވަނަ ފިޔަވަހީގައި ހުންނަ، އަދި "ކޯ-ލިވިން" އިމާރާތް ތަރައްގީ ކުރުމުގެ މަސައްކަތްވެސަ ކުރަނީ ޗައިނާގެ ރޯ ޓައިމް ކުންފުނިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް