ނެޓްބޯޅަ ސިންތެޓިކް ޓްރެކްގައި މިދިޔަ ހޯމަ ދުވަހު ފެށިގެން ކުރިއަށްދާ މި މުބާރާތަކީ ރާއްޖޭގެ ގިނަ އޮފީސްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ބާއްވާ ފޯރިގަދަ ކުޅިވަރު ހަރަކާތެކެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ޖުމްލަ 25 ޓީމަކުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެން ޑިވިޝަންގައި ވާދަކުރާ 21 ޓީމާއި ފިރިހެން ޑިވިޝަންގައި ވާދަކުރާ ހަތަރު ޓީމެވެ. ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެ މި މުބާރާތުގެ ކުޅުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ނެޓްބޯޅައަކީ ދިވެހީންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކުޅިވަރެއްކަން ފާހަގަކޮށް، މިއީ ރާއްޖޭގެ އެންމެ މޮޅެތި ނެޓްބޯޅަ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެ މުބާރާތެއް ކަމަށް ދިރާގުން ބުންޏެވެ. ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދޭ ދިރާގުން އަންނަނީ މިފަދަ އެކި ކުޅިވަރު މުބާރާތްތައް ބޭއްވުމަށް ކުޅިވަރު ޖަމިއްޔާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.