ads
ސަބްރީނާ ކާޕެންޓާ
ސަބްރީނާ ކާޕެންޓާގެ ޝޯޓް އެން ސްވީޓް ޓުއާ: 6 ޝޯގެ ޓިކެޓް ވެސް ހުސްވެއްޖެ
މަޝްހޫރު ލަވަކިޔުންތެރިޔާ ސަބްރީނާ ކާޕެންޓާގެ "ޝޯޓް އެން ސްވީޓް" ޓުއާގެ ޝޯތައް އެމެރިކާގެ ލޮސް އެންޖެލިސް (އެލްއޭ) ގައި ފަށައިފި އެވެ.
Advertisement

މި ޓުއާގެ ދަށުން އެލްއޭގެ ކްރިޕްޓޯ ޑޮޓް ކޮމް އެރީނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަ ޝޯގެ ޓިކެޓް ވެސް މިހާރު ވަނީ އެއްކޮށް ވިކި ހުސްވެފަ އެވެ. އާދިއްތަ ދުވަހުގެ ރޭ ބޭއްވި ފުރަތަމަ ޝޯއަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ޖަމާވިއިރު، މިއީ ސަބްރީނާގެ މިއުޒިކީ ހަޔާތުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ކްރިޕްޓޯ އެރީނާގައި ބޭއްވި މި ޝޯގައި ސަބްރީނާ ވަނީ އޭނާގެ ހާއްސަ ސްޓައިލް ކަމަށްވާ "ޓަންގް-އިން-ޗީކް" ނުވަތަ މަޖާ އަދި ލާނެތް ގޮތްގަނޑު އެކުލެވޭ ޕޮޕް މިއުޒިކްގެ ފުރިހަމަ ހުށަހެޅުންތަކެއް ދައްކާލާފަ އެވެ. މިއީ މި ޓުއާގެ އެމެރިކާގެ ދެވަނަ ލެގުގެ ޝޯތަކަށް ވާއިރު، މީގެ ކުރިން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް އޭނާ ވަނީ އެލްއޭގެ ކިއާ ފޯރަމް އާއި ކްރިޕްޓޯ އެރީނާގައި ކާމިޔާބު ޝޯތަކެއް ދީފަ އެވެ.

ގެއެއްގެ ސިފައިގައި ފަރުމާކޮށްފައިވާ ސްޓޭޖެއްގައި ކުރިއަށްދިޔަ މި ޝޯ ފަށާފައި ވަނީ އޭނާގެ މަޝްހޫރު އަލްބަމްގެ ލަވައެއް ކަމަށްވާ "ޓޭސްޓް" އިންނެވެ. ޝޯގައި ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ބެޑް ކެމް" އާއި "ޕްލީޒް ޕްލީޒް ޕްލީޒް" އަދި "ޖޫނޯ" ފަދަ ފޯރިގަދަ ލަވަތަކުގެ އިތުރުން "ޑަމް އެންޑް ޕޮއެޓިކް" ފަދަ މަޑުމައިތިރި ލަވަތައް ވެސް ހުށަހަޅައިދީ، ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ވަނީ ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް