ads
އަރަބިއްޔާ ސްކޫލުގެ ދަރިވަރުން: ފޮޓޯ ދަރިވަރު
އަންނަ އަހަރު އަރަބިއްޔާގެ ރަސްމީ ޔުނީފޯމު ބަދަލެއް ނުވާނެ: މިނިސްޓްރީ
ސަރުކާރުގެ ސްކޫލްތަކުގެ ޔުނީފޯމުތަކަށް 2027 ވަނަ އަހަރުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައި ވީނަމަވެސް، އަރަބިއްޔާ ސްކޫލްގެ ރަސްމީ ޔުނީފޯމަށް ބަދަލެއް ނާންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
Advertisement

ޔުނީފޯމުގެ އާ އުސޫލުތަކާ ގުޅޭގޮތުން އެ މިނިސްޓްރީން ނެރެފައިވާ މައުލޫމާތުގައިވާ ގޮތުން ރަސްމީ ޔުނީފޯމަށް ބަދަލު އަންނާނީ ހަމައެކަނި ސަރުކާރުގެ އެހެނިހެން ސްކޫލްތަކުގައެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން އަރަބިއްޔާގެ ރަސްމީ ޔުނީފޯމު ހުންނާނީ މިހާރުވެސް ބޭނުންކުރަމުން އަންނަ ގޮތަށެވެ. އެހެން ނަމަވެސް، އެ ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމު ހުންނަންވާނީ އަލަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މިގޮތުން އެކްޓިވިޓީ ޔުނީފޯމާއެކު ބޭނުންކުރާނީ ކަޅު ކުލައިގެ ހަރުވާޅު ނުވަތަ ޓްރެކްސޫޓު ފަދަ ތަކެއްޗެވެ. އަދި އާންމުކޮށް ހުރިހާ ސްކޫލަކުންވެސް އިތުރު ކުރެހުންތައް ނުހިމެނޭ ސާދާ ގޮތަކަށް ޔުނީފޯމުތައް ބެހެއްޓުމަށް މި އުސޫލުން ބާރުއަޅައެވެ.

ސްކޫލްތަކުގެ އިސްވެރިންނާ މަޝްވަރާކުރުމަށްފަހު އެކުލަވާލި މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުގެ ދިރާސީ އަހަރާ އެކުގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ޔުނީފޯމަށް ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ބެލެނިވެރިންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމާއި، ގައުމީ ދިދައިގެ ކުލަތަކާއި މިނިސްޓްރީގެ ކުލަތައް ރަމްޒުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް