ނަންބަރު "އާރް08ޑީ03" ދީފައިވާ މި ކަނދުފަތި އެޅުމުގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމާއި މަސްވެރިންނަށް ފަސޭހައިން މަސް ބޭނޭނެ ގޮތް ހަމަޖައްސައިދިނުމެވެ. މި ކަނދުފަތި އަޅާފައިވާ ސަރަހައްދަކީ 0°41.100’N އަދި 72°42.400’E އެވެ.
މަސްވެރިކަން ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން، ކަނދުފަތީގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނދުފަތިތައް އާ ފަރުމާއަކަށް ބަދަލުކުރުމާއި، ކަނދުފަތި ތައްޔާރުކުރާ ސެންޓަރުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރުން ހިމެނެއެވެ. އެގޮތުން ގާއިމްކުރާ ފުރަތަމަ ސެންޓަރު ށ. ފުނަދޫގައި ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.