ads
ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދް ބާގިރު - ފޮޓޯ: އަވަސް
މީހުން ފްރޭމްކޮށް ނުހައްގުން މަރާލަފާނެ ކަމުގެ ބިރު އެބައޮތް: ޑރ. ޒިޔާދު
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ އިސްލާހާއެކު، ގިނަ އަދަދެއްގެ ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ކަނޑައެޅި ކަނޑައެޅުމާ މެދު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
Advertisement

އޭނާ ވިދާޅުވީ، ސިޔާސީ ނުފޫޒު އޮތް މާހައުލެއްގައި މިފަދަ ހުކުމެއް ތަންފީޒުކުރަން ފަށައިފި ނަމަ، މީހުން ފްރޭމްކޮށް ނުހައްގުން މެރުމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.

މި ކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޒިޔާދު ފާހަގަކުރެއްވި ގޮތުގައި، މި ވަގުތު ރާއްޖޭގެ އަދުލުގެ ނިޒާމަށް ފުރިހަމަ މިނިވަންކަން ލިބިފައި ނެތެވެ. "މިފަދަ ހާލަތެއްގައި، އޭރަކު އޮންނަ ސަރުކާރަކުން ނުވަތަ ބާރަކުން ބޭނުންވެއްޖެ ނަމަ، މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި ފްރޭމް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް،" އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިއީ އިއާދަ ނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

ކުރީގެ މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތުގައި އޮންނަ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަން ކުރަންވާނީ ގާޒީންނަށް ބިރެއް ނެތި އިންސާފުން ހުކުމް ކުރުމުގެ ފުރިހަމަ ބާރު ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ މިނިވަންކަން ނުދީ، އަދި ނުފޫޒުތަކުން ނިޒާމު ސަލާމަތް ނުކޮށް މަރުގެ އަދަބު ތަންފީޒު ކުރަން ފެށުމަކީ ހެޔޮވާނެ ކަމެއް ނޫން ކަމަށް ޒިޔާދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް