މި ޕްރޮމޯޝަންގެ ދަށުން، އަވަސް އެޕް މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއީ ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް އަދި އަގުހެޔޮކޮށް ދަތުރުތައް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފެށި ހަރަކާތެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މި އޮފާ ލިބޭނީ އަވަސް އެޕަށް ފުރަތަމަ ފަހަރަށް ބީއެމްއެލްގެ ކާޑެއް އެޑްކުރާ ފަރާތްތަކަށެވެ. އެގޮތުން، އަލަށް ކާޑު އެޑްކުރާ ކޮންމެ މީހަކަށް ދަތުރުގެ އަގުން 15 ޕަސަންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.
ބީއެމްއެލް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި އޮފާގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
އަވަސް އެޕަކީ މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ޓެކްސީގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެޕްލިކޭޝަނެކެވެ. މި އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ކާރު އަދި ސައިކަލު ޓެކްސީ ބުކް ކޮށްލެވޭނެއެވެ.
ބީއެމްއެލް ކާޑު އެޕަށް ގުޅާލުމުން، ނަގުދު ފައިސާ ބޭނުން ކުރުމުގެ ބަދަލުގައި ރައްކާތެރިކަމާއި ފަސޭހަކަމާއެކު ދަތުރުތަކަށް ފައިސާ ދެއްކޭނެއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.