ads
ބޭރުމަގު ފުޅާކުރަން އެމްޓީސީސީ ޓީމުން އާއްމުންގެ ހިޔާލު ހޯދުމަށް މަސްވެރިޔަކާއި ވާހަކަ ދައްކަނީ
ބޭރުމަގުގެ ބާކީ ބައި ހަދަން ފަށަން އާއްމުންގެ ހިޔާލު ހޯދަނީ
މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އާންމުންގެ ހިޔާލު ހޯދަން އެ މަސައްކަތް ކުރާ އެމްޓީސީސީން ނުކުމެެއްޖެއެވެ.
Advertisement

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާނީ މަސްމާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށެވެ. އެ މަސައްކަތުގެ ދަށުން މަގު ފުޅާކޮށް އެ މަގުގައި ތާރު އަޅާނެއެވެ.

އެމްޓީސީން މިއަދު ވަނީ ދެވަނަ ފިޔަވަހީގައި މަސައްކަތް ކުރާ ސަރަހައްދަށް ނުކުމެ އެ ސަރަހައްދުގައި ވިޔަފާރިކުރާ މީހުންނާއި ސުވާލުކޮށްް ހިޔާލު ހޯދާފައިކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ލޯކަލް މާރުކޭޓާއި، މަސްމާރުކޭޓާއި، ފިހާރަތަކާއި، އުޅަނދުފަހަރާއި، އެ ސަރަހައްދުގެ ވިޔަފާރިކުރާ ތަންތަނަށް ވަދެ އާއްމުންނާއި ވާހަކަ ދައްކާފައިކަމަށް އެމްޓީސީސީން ބުނެއެވެ.  

އާއްމުންގެ ހިޔާލު ހޯދީ ބޭރު މަގު ފުޅާކޮށް ތާރު އެޅުމުން ލިބޭނެ ފައިދާ އާއި އެ މަސައްކަތައް މަގު ބަންދުކުރުމުން ދިމާވާނެ، ދަތިތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯއެވެ. އަދި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަހައްދު ބޭނުންކުރަނީ ކޮން ބޭނުމެއްގައިތޯވެސް އަހާފައިވާކަމަށްް އެމްޓީސީން ބުނެއެވެ. 

your imageބޭރުމަގުގެެ ބޮޑު ފާލަން ހުންނަ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ

ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހަދާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ވަނީ އެ ސަރަހައްދު ހިއްކާ ނިންމާފައެވެ. މިހާރު ކުރިޔަށްދަނީ މަގުގައި ތާރު އެޅުމުގެ މަސައްކަތެވެ. 

މި މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ބުނެފައެވެ. މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.

އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް