ads
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ސައިކަލް ވަގަށް ނަގައިފި ނަމަ ފެންނަންދެން އަހަރީ ފީ ނުނަގަން އެދިއްޖެ
ސައިކަލެއް ވަގަށް ނަގައިފިނަމަ އެ ސައިކަލް ހޯދެންދެން އަހަރީ ފީ ދައްކަން ނުޖެހޭ އުސޫލެއް ކަނޑައަޅައިދޭން އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަރިހުން އެދިއްޖެއެވެ.
Advertisement

ކުޑޫ ޓްރާންސްޕޯޓް މިނިސްޓަރު އަމީނަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ފަހަކަށް އައިސް ސައިކަލްތައް ވަގަށް ނެގުން ގިނަވެފައިވާ ކަމަށާއި އެހާލަތުގައި ސައިކަލްތަކުގެ ވެރިންނަށް ކުރިމަތިވާ މާލީ އަދި އިދާރީ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

ކުޑޫ ވަނީ ސައިކަލެއް ވަގަށް ނެގުމުން އެ ސައިކަލްގެ ވެރިމީހާއަށް ލުޔެއް ދިނުމުން ހެދި ދާނެ  ގޮތްތަކެއް ހުށައަޅުއްވާފައެވެ. 

ކުޑޫ ހުށައެޅުއްވި ގޮތްތައް

  • ސައިކަލެއް ވަގަށް ނެގުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިނަމަ ސައިކަލް ފެންނަން ދެން އަހަރީ ފީ މާފުކޮށްދިނުން
  • ގެއްލޭ ސައިކަލް ފެނިއްޖެނަމަ އެ ސައިކަލް ގެއްލުނު އިރު އޮތް ރަޖިސްޓްރީއަށް އަލުން އިއާދަކޮށްދިނުން.

ގެއްލޭ ސައިކަލް ފެނިއްގެން ކުރީގެ ރަޖިސްޓްރީ އަލުން ހައްދާދޭންވާނީ ވަގަށް ނެގި ކަމުގެ ޕޮލިސް ރިޕޯޓް ޓްރާންސްޕޯޓަށް ހުށަހެޅުމުން ކަމަށްވެސް ކުޑޫގެ ސިޓީގައިވަނީ ވިދާޅުވެފައެވެ. 

މީގެއިތުރުން ސްކޫލްތައް ނިމޭ ގަޑިތަކުގައި ސްކޫލްތަކުގެ ކައިރީގައި ޓްރެފިކް މެނޭޖްކުރަން އާންމު ޓްރެފިކް ގަވައިދުގެ އިތުރުން، ހާއްސަ އުސޫލެއް ކަނޑައަޅައި ތަންފީޒުކޮށްދިނުމަށްވެސް ކުޑޫ، މިނިސްޓަރު އަމީނަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

ކުޑޫ ވިދާޅުވީ އެގޮތަށް އެދިވަޑައިގަތީ ސްކޫލްތައް ނިމޭ ގަޑީގައި އެ ސައްހައްދުގައި ޓްރެފިކް ބާރުބޮޑުވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯއްދެވުމަށްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް