ads
ޝަމީމް
ބައްސާމްގެ މައްސަލަ ބެލުމުގެ ބާރު ގާނޫނުން ލިބޭ: ޝަމީމް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނަތްތެރިވެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލަ ބެލުމުގެ ބާރު ގާނޫނުން ރާއްޖެއަށް ލިބޭ ކަމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
Advertisement

އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވެ މަނީ ލޯންޑާ ކުށް ސާބިތުވެ ބައްސާމް މިހާރުވެސް ގެންދަނީ ނުވަ އަހަރުގެ ޖަލު ހުކުމެެއް ތަންފީޒުކުރަމުންނެވެ. 

ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ބައްސާމްގެ މައްޗަށް އަންނަނީ ކުރަމުންނެވެ. އެއީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވިކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލާގައި އޭނާ ބުނަމުން އަންނަނީ ރާއްޖޭގެ ކޯޓަކަށް އެ މައްސަލަ ނުބެލޭނެކަމަށެވެ. ސަބަބެއްކަމަށް އޭނާ ބުނީ އެ ފައިސާއަކީ ފީފާގެ ފައިސާކަމަށްވާތީ ކަމަށެވެ. 

މި ވާހަކަތަކަށް ރައްދުދެއްވަމުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ބައްސާމް ފަރާތުން ޝަރީއަތުގައި ނަގާ ދިފާއުގެ ސުވާލަށް ޤާނޫނުލްއުޤޫބާތުން ޖަވާބު ލިބޭކަމަށެވެ. އެގޮތުން ކުށެއްގެ ރުކުނެއް ކަމުގައިވެދާނެ އަމަލެއް ދިވެހިރާއްޖޭގައި ހިނގާ ހިނދު އެ ކުށަކަށް ރާއްޖޭގެ ގާނޫނުގެ އިހްތިސާސް ލިބޭކަމަށެވެ. 

" މިހާލަތުގައި، ހިޔާނާތުގެ ޢަމަލު ހިނގީ ރާއްޖޭގައިކަމަށްވާތީ، އަމަލުގެ ރުކުނުގެ ތެރެއިން ރާއްޖެއަށް ބާރުލިބެއެވެ. އެމާއްދާގެ (3) އަދި މާ ސާފެވެ. އެއަކުރުގައި އޮންނަނީ، ކުށްކުރީ ކޮންމެ ތަނެއްގައިކަމަށްވީނަމަވެސް ދިވެހިރައްޔިތަކު ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅުން ބިނާވެފައިވާ މީހަކު ކުރާ ކުށް ބެލުމުގެ ބާރު ދިވެހިރާއްޖޭގެ އިދާރާތަކަށް ލިބެއެވެ." ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވާފައިވެއެވެ.

ޝަމީމް ވިދާޅުވީ ފީފާގެ މެމްބަރަކަށް ވެވެނީ ކޮންމެ ގައުމަކުން އެންމެ ޖަމްއިއްޔާއަކަށްކަމަށާއި އެޖަމްއިއްޔާއަކީ އެ ޤައުމެއްގެ ފުޓުބޯޅަ ތަމްސީލުކުރާ ރަސްމީ އިދާރާކަމަށެވެ. އެގޮތުން ރާއްޖޭގައި އެ ދައުރު އޮތީ އެފްއޭއެމްއަށް ކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ  އެފްއޭއެމަށް އެ ދައުރު ލިބުނީ ސަރުކާރުގެ ހުއްދައާއެކުކަމަށެވެ. އަދި ސަރުކާރުގެ ޝަރުތަކީ ދިވެހިރާއްޖޭގައި ފުޓުބޯޅަ ތަރައްޤީކުރުންކަމަށާއި އެފްއޭއެމްއަށްލިބޭ ފައިސާއަކީ ހަގީގަތުގައި ދިވެހިރާއްޖޭގެ ފުޓުބޯޅަ ތަރައްގީކުރަން، ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. 

" ވީމާ، ފީފާ މެދުވެރިކޮށް ލިބުނަސް، ނުވަތަ އެނޫން ޖަމްއިއްޔާއެއް މެދުވެރިކޮށް ލިބުނަސް، އެ ފައިސާއަކީ ހަގީގަތުގައި ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާއެވެ. އެފައިސާގެ އަމާނާތްތެރިއަކީ ފީފާއާއި އެފްއޭއެމްއެވެ. ހިޔާނަތްތެރިވެވެނީ އެފައިސާއަށެވެ. އެއީ ދިވެހި ރައްޔިތުންގެ ހައްގަކަށެވެ." ޝަމީމް ލިޔުއްވާފައިވެއެވެ.

މިމައްސަލަ ބަލައިފިނަމަ، ފީފާއިން ދިވެހި ފުޓުބޯޅަ ސަސްޕެންޑްކޮށްފާނެކަމުގެ ކަންބޮޑުވުން ބައްސާމް އަދީލް ޖަލީލުގެ އޮތްކަމަށް ކޯޓުގައި ބުނާކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ މިކަމާ ގުޅިގެން ކޯޓުން ނިންމެވިކަމަށް ރިޕޯޓު ކޮށްފައި އޮތީ، ފީފާއިން ރާއްޖެ ސަސްޕެންޑުކޮށްފައިނުވާތީ، ފީފާގެ ހައްގު ދޫކޮށްލާފައިވާކަމަށް ބަލަންޖެހޭ ކަމަށެވެ.

ފީފާއިން ރާއްޖެ ސަސްޕެންޑްކުރުމުގެ ހައްގު ދޫކޮށްލިތޯ ނުވަތަ ނޫންތޯ ކޯޓަކަށް ނިންމޭނީ ފީފާއިން އެކަމާބެހޭ ގޮތުން ދެކޭގޮތެއް ސާފުކޮށްގެންކަމަށް ޝަމީމް ވިދާޅުވިއެވެ. ވީމާ، ފަނޑިޔާރުގެ އެ ނިންމެވުން އެއީ މުޅިން ހަމަޖެހޭ ނިންމެވުމެއްކަމަކަށް ނުފެނު ނަމަވެސް، މިމައްސަލައާ ގުޅިގެން ފީފާއިން ރާއްޖެ ސަސްޕެންޑް ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެއީ ފީފާއިން ނިންމާނެ ކަމެއްކަމަށް ޝަމީމް ވިދާޅުވިއެވެ. 

" ސަސްޕެންޑް ކުރިއަސްވެސް، އެކަމަކީ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މައްސަލަ ނުބެލޭންވީ ސަބަބެއްނޫނެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ތަބާވާންޖެހޭކަމަށް ޤާނޫނުއަސާސީއާއި ޤާނޫނުގައި އޮތް ކަންކަމުގެ ތެރޭގައި ފީފާއިން ނިންމާފާނެ ގޮތަކަށް ބެލުމަކީ އޮތް ކަމެއްވެސް ނޫނެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ބައްސާމް ފީފާއާ ގުޅުވައިގެން ދައްކާ ވާހަކައަކީ ހުރާފާތެއްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް