ކްޓޮކް އިން މަޝްހޫރުވެ، މިއަދު ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޕޮޕް ތަރިންގެ ލިސްޓުގައި ހިމެނޭ މެކްރޭގެ ލޯބީގެ ހަޔާތަކީ މިހާރު ސަޕޯޓަރުން އެންމެ ޝައުގުވެރިވާ އެއް މައުޟޫއެވެ. އާދައިގެ ގޮތަކަށް ފެށުނު އޭނާގެ ލޯބީގެ ގުޅުންތައް ފަހުން ބަދަލުވެގެން ދިޔައީ ނަން މަޝްހޫރު ތަރިންނާ އެކު ބޭއްވި ގުޅުންތަކަށެވެ.
ޓޭޓް މެކްރޭގެ ލޯބީގެ ވާހަކަތައް އެންމެ ފުރަތަމަ ފެށިގެން އައީ މާ ބޮޑު ސަމާލުކަމެއް ނުލިބިއެވެ. އޭނާގެ ފުރަތަމަ ލޯބިވެރިޔާ އަކީ އޭނާގެ އަމިއްލަ ރަށް ކަމަށްވާ ކެލްގަރީއަށް ނިސްބަތްވާ މީހެކެވެ. އެ ގުޅުން ދެމިއޮތީ ވަރަށް ސިއްރުން، މީޑިއާގެ ލޯތަކަށް ނުފެންނަ ފަށުގަ އެވެ. ނަމަވެސް މެކްރޭގެ މަޝްހޫރުކަން އިތުރުވަމުން ދިޔަ ވަރަކަށް، އޭނާގެ ހަޔާތަށް އަންނަ ބައިވެރިންނަކީ ކޮބައިކަން ހޯދުމަށް ފޭނުން ކުރަމުން ދިޔަ މަސައްކަތް އިތުރުވިއެވެ.
އޭގެ ފަހުން މެކްރޭ ލޯބީގެ ގޮތުން ގުޅުނީ އޮސްޓްރޭލިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދަ ކިޑް ލަރޯއި އާއެވެ. މިއީ މިއުޒިކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ޖޯޑަށް ވެގެންދިޔަ އެވެ. 2024 ވަނަ އަހަރުގެ ކުރީކޮޅު ފެށުނު މި ގުޅުން ރަސްމީކޮށް އިއުލާން ކުރީ ކިޑް ލަރޯއިގެ ކޮންސެޓެއްގެ ތެރެއިންނެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ޖުލައި މަހު މި ގުޅުން ވެސް ވަނީ ނިމުމަކަށް އައިސްފަ އެވެ.މިކަން ކަށަވަރުކޮށްދެމުން ކިޑް ލަރޯއި ބުނެފައި ވަނީ ދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ވަކިވީ ރަނގަޅު ގުޅުމެއްގެ މަތީގައި ތިބެ ކަމަށެވެ.
މިހާރު އަނެއްކާވެސް ޓޭޓް މެކްރޭގެ ނަން މިވަނީ އެހެން އައިސް ހޮކީ ކުޅުންތެރިޔަކާ ގުޅިގެން ދެކެވެން ފަށާފަ އެވެ. އެއީ އެންއެޗްއެލްގެ ތަރި ޖެކް ހިއުސް އެވނަމަވެސް މެކްރޭ ދާދި ފަހުން ވަނީ ނުސީދާ ގޮތަކަށް މި ވާހަކަތައް ދޮގުކޮށްފަ އެވެ. މެކްރޭގެ ލަވަތަކުން އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތައް ފެންނަމުންދާ އިރު، "ގްރީޑީ" އަދި "އެކްސެސް" ފަދަ ލަވަތަކަކީ އޭނާގެ މި ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށްފައިވާ ލަވަތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.