ads
ފެނަކަ
ބިލުތަކަށް ސަބްސިޑީޒް ދެނީކަމަށްް ބުނެ ފެނަކަައިިގެ ނަމުގައި ސްކޭމެއް
ބިލްތަކުން ސަބްސިޑީ ދޭނެ ކަމަށް ބުނެ ފެނަކަ ނަމުގައި ސްކޭމެއްގެ ލިންކެއް ދައުރުވާން ފަށައިިފިއެވެ.
Advertisement

ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ދޭ ހިދުމަތްތަކުގައި ބިލިތަކުން ސަބްސިޑީޒް ދޭނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޭޖެއް ހިންގަމުންދާކަމުގެ މައުލޫމާތުު ލިބިފައިވާކަމަށެވެ.

ފެނަކައިން ބުނީ އެ ޕޭޖް ހިންގުމުގައި އެކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށެވެ. އަދި އެއްވެސް އަމިއްލަ ފަރާތަކަށް ލިންކް ފޮނުވައިގެންވެސް އަދި އެފަދަ އެހެން ގޮތަކަށްވެސް ނަމަވެސް ފައިސާގެ މުއާމަލާތްތައް ނުކުރާނެކަމަށް ފެނަކައިން ބުނެއެވެ.

" މި ކުންފުނިން ފައިސާގެ މުއާމަލާތްތައް ހިންގާނީ އެ ކުންފުނީގެ ނަމުގައި ހަދާފައިވާ ރަސްމީ އެކައުންޓްތަކުން އެކަނި ކަމުގައިވެސް ދަންނަވަމެވެ،". ފެނަކައިން ނެރުނު ބަޔާނެއްގައިވެއެވެ.

ފެނަކައިން ވަނީ އެފަދަ ލިންކެއް ނުވަތަ ކޯލެއް އަތުވެއްޖެނަމަ ކަމާއި ބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ރިޕޯޓްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް