ads
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު - ފޮޓޯ: ސަންގު
އެމްޑަބްލިއުއެސްސީގެ ލެބޯޓަރީ ހުރީ އައިއެސްއޯ ސާޓިފައިޑް ފެންވަރުގައި: މަތީން
މޯލްޑިވްސް ވޯޓާ އެންޑު ސިއުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ލެބޯޓަރީ ހުރީ އައިއެސްއޯ ސާޓިފައިޑް ފެންވަރުގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

މަތީން ވިދާޅުވީ އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ހިދުމަތަކީ އައިއެސްއޯ ސޭޓިފައިޑް ހިދުމަތަކަށްވުމަކީ، ރައްޔިތުންނަށް ލިބޭ އިތުބާރު ބޮޑުކޮށްދޭނެ ކަމެއް ކަމަށާއި އައިއެސްއޯ ސެޓިފިކޭޝަން ދެމެހެއްޓުމުގެ ގޮތުން އަހަރަކު އެއް ފަހަރު، އެކަމާއި ގުޅުން ހުރި ފަރާތްތަކުން، ރާއްޖެއިން ބޭރުން އައިސް، ލެބުގެ އެކި މަރުހަލާތައް އޮޑިޓް ކުރައްވާ ކަމަށް މަތީން ވިދާޅުވި އެވެ.

"މީ ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އިތުބާރެއް، އެމްޑަބްލިއުއެސްސީން ފެނުގެ ސާފުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފެނުގައި، އިންސާނާގެ ހަށިގަނޑަށް ބައިލޮޖިކަލީ އަދި ކެމިކަލީ ނުރައްކާވާނެ އެއްވެސް އެއްޗެއް ހުރިތޯ، ހޯދާ ބެލޭނެ ގޮތެއް ހުންނަން ޖެހޭ" މަތީން ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

މަތީން ވިދާޅުވީ ތިމާވެށި ރާއްޖޭގެ ހުރިހާ އިގުތިސާދަކާއި ގުޅިލައިމެހިފައިވާއިރު، ތިމާވެށި ހިމާޔަތްކުރުމަށް ކުންފުނިތަކުން ހާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އެ ގޮތުން ތިމާވެށި ހިމާޔަތްކުރުމަށްޓަކައި، ކުންފުނި ހިންގުމުގައި، އިއާދަކުރަނިވި ހަކަތަ އެންމެ މަތީ މިންވަރަކަށް ބޭނުންކުރައްވާނެކަމަށްވެސް މަތީން ވިދާޅުވި އެވެ.

ތާޒާ ފެނަކީ، އެމްޑަބްލިއުއެސްސީގެ ސަބްސިޑަރީ ކުންފުންޏެއްކަމުގައިވާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް، އައިބީއެމްގެ އުފެއްދުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް