ads
މުހައްމަދު އަބްދުﷲ (މުހައްމާ)
މުހައްމާއަށް ހާޓްއެޓެކެއް ޖެހިގެން ފަރުވާދެނީ
ކުރީގެ މަޖިލިސް މެމްބަރު އަދި ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހައްމާ)އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.
Advertisement

އެނގިފައިވާ ގޮތުގައި މުހައްމާއަށް ހާޓްއެޓޭކެއް ޖެެހުނީ ރޭގެ ވަގުތެގައެވެ. އަދި މިހާރު އޭނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކަށް ޚާއްސަ ޔުނިޓްގައި އެޑްމިޓްކޮށްގެންނެވެ. 

މުހައް،މާގެ ހާލަތު ބުނެދޭނީ އެނގޭނީ 24 ގަޢިރުވަންދެން ބެލުމަށްފަހުކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށްވެސް އޭނާގެ ގާތް ބައެއް މީހުން ބުނެއެވެ. 

މުހައްމާ ވަނީ ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. އަދި އެންމެ ފަހުން ހުންނެވީ ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައެވެ. 

ވެެރިކަން ކުރާ ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި މީހާރު ހުންނެވި މުހައްމާ މީގެކުރިންވަނީ ޖުމްހޫރީ ޕާޓީއާ އެމްޑީީޕީއާވެސް ގުޅިވަޑައިގެންފައެވެ. ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ ކުރިން މުހައްމާ އަކީ ރާއްޖޭގެ ފިލްމީ ދުނިޔޭގައި މަޝްހޫރު ކޮމެޑީއެންއެއްގެ ގޮތުގައި ފާހަގަވެގެންދިޔަ ސްޓާރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް