ads
ފުލުހުން މަގުމަތި ޕެޓްރޯލްކުރަނީ
ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގައި ޑްރަގްސް
ހުޅުމާލެ ގެސްޓުހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މިދިޔަ މަހުގެ 30 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނީ ނޭޕާލަށް ނިސްބަތްވާ 40 އަހަރުވެ ފިރިހެނެކެވެ. އޭނާ ރާއްޖެ އަައީ ނޮވެމްބަރު 26 ގައިކަމަށާއި އޭނާއާ އެކު އިތުރު ދެ މީހުން އައިކަމަށް ފުލުހުން ބުނެއެވެ.

މި މީހާ މަރުވެފައި އޮއްވާ ފެނުނު ދުވަހު އެ ދެމީހުން ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގައި ޑްރަގްސް ފޮރުވާފައި ހުރިކަމަށެވެ. އެގޮތުން އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، އެ ތަކެތީގެ ބަރުދަނަކީ 818 ގްރާމް،" ފުލުހުން ބުނެއެވެ. އަދި މި ތަކެތި ނެގީ ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ކުރި އޮޕަރޭޝަނަކަށް ފަހު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން އަނިޔާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށެވެ. މިމައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް