ads
ދަގަނޑޭ
ދަގަނޑޭގެ މައްޗަށް އަނެއްކާވެސް ހުކުމެއް
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގުގެ ދަރަނީގެ ނުދައްކާ އޮތް ހަތަރު ލައްކަ ރުފިޔާ ދައްކަން ހުކުމްކޮށްފިއެވެ.
Advertisement

މިއީ ޔޫމެޓް ކޮންސްޓްރަކްޝަން ކުންފުންޏަށް، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ދައްކަން ޖެހޭ 1.4 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކައި އޮތް ފައިސާއާ ގުޅޭ ހުކުމެވެ. 

ދަގަނޑޭގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައި އޮތް 1.4 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ނުދައްކާ ހަތަރު ލައްކަ ރުފިޔާ ހަ މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން ވަނީ އަލުން ހުކުމްކޮށްފައެވެ.

މި މައްސަލައިގެ ހުކުމް އަޝްފާގާއި އޭނާ ކުރިން ކުޅުނު، މިހާރު އުވިފައިވާ ވީބީ ސްޕޯޓްސްގެ މައްޗަށް ކުރީ 2015 ވަނަ އަހަރެވެ. 

އެއީ، އަޝްފާގުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގެ ދެ ފްލޯއެއް ހެދުމަށް އޭނާއާއި ވީބީ ސްޕޯޓްސް ކްލަބް ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ ނުދެއްކުމުން ޔޫމެޓުން ކުރި ދައުވާއާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް