ads
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މައްކާއަށް ދިޔަ ބައެއް
ހައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ ސަމާލުވާން އެދިއްޖެ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދަމުންދާކަން ފާހަގަކުރެވިފައިވާތީ އެކަމަށް ސަމާލުވާން އެ ކޯޕަރޭޝަނުން އަންގައިފި އެވެ.
Advertisement

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހައްޖަށް ދިއުމަށް އިތުރަށް ފައިސާ ދެއްކުމުން ހައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ހައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުތަކެއް ކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެ ކޯޕަރޭޝަނުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.

"މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޮނުވާ މިފަދަ މެސެޖުތަކާއި، ކުރާ ފޯން ކޯލުތަކަށް ސަމާލުވުމަށް އެންމެހާ ބޭފުޅުންގެ ސަމާލުކަމަށް ދަންނަވަން." ހައްޖު ކޯޕަރޭޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ހަމައެއާއެކި އިސްލާމްދީނުގެ މާތް އަޅުކަމާއި ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދަމުން މިދާ ކަންކަމަކީ އެ ކޯޕަރެޝަނުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ކޯޕަރޭޝަނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

މިފަދަ ސްކޭމްތަކުގައި ޖެހޭ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެ ވެއެވެ. އެެހެންވެ، ސްކޭމްތަކަށް ސަމާލުވުމަށް މެދުކެނޑުމެއްނެތި ފުލުހުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެ އެވެ.

މިފަހުން ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ މަހު 1.29 މިލިއަން ރުފިޔާ ސްކޭމްތަކުގެ ސަބަބުން މީހުން އަތުން ގެއްލިފައި ވެއެވެ. ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން އެ މަހު އަނބުރާ ހޯދުނީ 477،263 ރުފިޔާ ކަމަށްވެސް، ތަފާސްހިސާބުތަކުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް