ads
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އާއްމުންނާއި މީޑިއާތަކަށް ވުޒާރާގެ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "މީޑިއާ މައުރަޒު 2025" މިއަދު ހަވީރު ފެށުން
އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު 2025 ފަށައިފި
އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު 2025 ފަށައިފި އެވެ.
Advertisement

މި މައުރަޒަކީ އެ މިނިސްޓްރީން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިންމު މަސައްކަތްތަކާއި، ވުޒާރާގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ. މިއީ މިފަދަ 2 ވަނަ މައުރަޒެވެ.

މީޑިއާ މައުރަޒު މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދިޔައިރު، މާދަމާ ހެނދުނު 10:00 އިން ހަވީރު 18:00 އާއި ހަމައަށް މައުރަޒު ކުރިއަށްދާނެ އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މި މައުރަޒަށް ޒިޔާރަތްކޮށް، ދީނީ މައުލޫމާތު ހޯދުމަށާއި، ހަރަކާތްތަކުގައި ބައިވެރިވުމަށް އާއްމުންނަށް ދައުވަތު އަރުވާފަ އެވެ.

މި މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް އަބްދުއްރަޙީމް އަބްދުﷲއެވެ.

މައުރަޒު ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލްއާއި، އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް