ads
ބަރަކާ ޗެރިޓީގެ އެހީގައި ކ. ގުޅީ ސިއްހީމަރުކަޒުގައި ބިނާކުރި ލެޓޯޓްރީ ހުޅުވުން
ބަރަކާ ޗެރިޓީގެ އެހީގައި ކ. ގުޅީ ސިއްހީމަރުކަޒުގައި ބިނާކުރި ލެބޯޓްރީ ހުޅުވައިފި
ބައިނަލްއަގްވާމީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ "ބަރަކާ ޗެރިޓީ" ގެ ހިލޭ އެހީގައި ކ. ގުޅީ ސިއްހީމަރުކަޒުގައި ބިނާކުރި މެޑިކަލް ލެބޯޓްރީ އެއްޔެ ހަވީރު ރަސްމީކޮށް ހުޅުވުމަށް ފަހު ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

މި މެޑިކަލް ލެބޯޓްރީ ހުޅުވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ އިސްވެރިންނާއި، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އާއި ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އަހުމަދު ޒަކީގެ އިތުރުން ސިއްހީމަރުކަޒުގެ ވެރިންނާއި، ރަށުގެ ވެރިންނާއި، އަތޮޅުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއުގެ ދަށުން ކ. ގުޅީ ސިއްހީމަރުކަޒަށް އިތުރުކުރެވުނު ބައިގާ ލެބޯޓްރީއެއްގެ އިތުރުން މެޑިކަލް ސްޓޯރޭޖެއްގެ އިތުރުން ބަލިމީހުންނަށް ހާއްސަ ފާހާނާއެއް ވެސް ހިމެނެ އެވެ. 

your imageބަރަކާ ޗެރިޓީގެ އެހީގައި ކ. ގުޅީ ސިއްހީމަރުކަޒުގައި ބިނާކުރި ލެޓޯޓްރީ ހުޅުވުން

މި ލެބޯޓްރީ ހުޅުވުމާއެކު އާންމުކޮށް ހަދަން ޖެހޭ ހުރިހާ ޓެސްޓްތަކެއް ވެސް ގުޅީ ސިއްހީމަރުކަޒުން ހެދޭނެ އެވެ. އަދި ލެބޯޓްރީ ހުޅުވުމުގެ ކުރިން މިނިސްޓްރީން ވަނީ ދާއިމީ ލެބް ޓެކްނީޝަނެއް ހަމަޖައްސަވާފަ އެވެ.

ލެބޯޓްރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، މިއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ގިނަ ބަޔަކު ބައިވެރިވެގެން ފުރިހަމަ ވެގެންދިޔަ ނަމޫނާ މަސައްކަތެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް