ads
ގދ. ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ތެރެއިން
ގައްދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށައިފި
ގދ. ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
Advertisement

މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމެވ.ެ މި 

ރަސްމިއްޔާތުގައި ގައްދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަލީ އާއ،ި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން 

ޑިރެކްޓަރު  މުހައްމަދު ޖަމްޝީދާއ،ި ގައްދޫ ކައުންސިލް މެމްބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވިއެވެ. 

މި މަޝްރޫއުގެ ދަށުން އަޅަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.  18،613 އަކަފޫޓުގެ ސަރަހައްދެއްގައި އަޅާ މި ހޮސްޕިޓަލަކީ 2 ފަންގިފިލާގެ އިމާރާތެކެވެ.

މީގެއިތިރުން ހޮސްޕިޓަލުން ދޭ އެހެނިހެން ހިދުމަތްތައް ދިނުމަށާއި  އެކޮމޮޑޭޝަން ބްލޮކެއް ހުންނަ ވަކި އިމާރާތެއްވެސް ހަދާނެކަމަށް އެމްޓީސީސީން ބުނެއެވެ. 

600 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓިސީސީއާ ހަވާލުކުރި މި މަސައްކަތުގެ އަގަކީ  101.70 މިލިއަން ރުފިޔާއެވެ.  

2700 މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި މިހާރު ހުންނަނީ ސިއްޙީ މަރުކަޒެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް