އެ ކޮމިޝަން މިއަދު ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ޕާޓީތަކަކީ ވެރިކަން ކުރާ ޕީއެންސީ، އިދިކޮޅު މައި ޕާޓީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ކަމަށެވެ.
މި ލިސްޓުގައި އަދާލަތު ޕާޓީ، ރައީސް ޔާމިންގެ ޕީޕަލް ނެޝިނަލް ކޮންގްރެސް އަދި ދަ ޑިމޮކްރެކްޓްސް ހިިމެނިފައި ނުވާ ކަން ފާހަގަ ކުރެވެ އެވެ.
މި ދިޔަ ނޮވެމްބަރުމަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ދޫކޮށްފައި އެވެ.
އެއިރު އެ ކޮމިޝަނުން ބުނިގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ނުވަ ޕާޓީގެ ތެރެއިން ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވަނީ ފަސް ޕާޓީއެއްގައި ކަމުގައި އެވެ.
އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްއެވެ.
މިއަހަރުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. ދެ ވަނައަށް އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ.