އުމުރުން 42 އަހަރުގައި އޭނާ މަރުވިކަން އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ ވަރަށް ކުއްލި ގޮތަކަށެވެ.
ޗެޑްގެ މަރުގެ ހަބަރު އާންމުކޮށްފައިވަނީ އޭނާގެ އާއިލާއާއި ގާތް މީހުން އުފެއްދި ގޯފަންޑްމީ ޕޭޖެއް މެދުވެރިކޮށެވެ. ބުރާސްފަތި ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އޭނާ މަރުވީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ކުއްލިއަކަށް ކަމަށެވެ. އަދި މި ހަބަރާ އެކު އާއިލާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތާމައެއް ކަމަށާއި، މިކަން ގަބޫލުކުރަން ވެސް ދަތިވެފައިވާ ކަމަށް އެ މީހުން ބުންޏެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް އެހީތެރިވުމަށް ގިނަ ބަޔަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. ޗެޑް މަޝްހޫރުވެގެން ދިޔައީ ލޯގޯ ޓީވީން ގެނެސްދިން ރިއަލިޓީ ޝޯއިންނެވެ. އޭނާގެ މަރާ ގުޅިގެން ޝޯގެ ފޭނުންނާއި އޭނާ ދަންނަ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.