ads
ކެންގަރޫ ކިޑްސްގައި ދަރިވަރުންތަކެއް ކުޅެނީ: ފޮޓޯ ކޯޕަރޭޓް މޯލްޑިވްސް
ދިރާސީ އަހަރުގެ ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި
އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
Advertisement

ގިނަ ދުވަސްތަކަކަށް ފަހު އަންނަ އަހަރަކީ ކުރިންވެސް އޮންނަހެން ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާ އަހަރެވެ.

އެޑިއުކޭޝަން އިން ބުނީ އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަތޮޅުތަކުގެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

"އަދި ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި އެ ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އެބަދަން" އެޑިއުކޭޝަން މިނިސްޓްރީން ބުނި އެވެ


އެ މިނިސްޓްރީ ގެ އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުންކަމަށް އެ މިނިސްޓްރީން ފާހަގަ ކުރެ އެވެ.

ދިރާސީ އަހަރެއް ފެށުމުގެ ކުރިން އެ މިނިސްޓްރީން ދަނީ ދަަރިވަރުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން ސްކޫލްތައް މަރާމާތު ކުރުމުގެ މަސައްކަތަކީވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ކުރާ މުހިއްމު މަސައްކަތެވެ. މިގޮތުން އަންނަ ދިރާސީ އަހަރައް ތަައްޔާރުވުމަށް 40 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ފާހަގަ ކޮށްފައިވެ އެވެ.

މި އަހަރު ދިރާސީ އަހަރަށް ގެނައި ބަދަލުގެ ސަބަބުން މިއަހަރުގެ ކިޔެވުން ނިމޭނީ މި މަހުގެ 25 ވަނަ ދުވަހު އެވެ، އަދި ބޮޑު ޗުއްޓީ އަށްފަހު އާ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އަހަރު ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

އެ އަހަރުގެ ފުރަތަމަ ޓާމްގެ މިޑް  ބްރޭކް މެއި މަހުގެ 24 އިން 30 ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާހަމައަށެވެ. 

ދެވަނަ ޓާމް އަންނަ އޯގަސްޓު މަހު ފަށާއިރު އެ ޓާމް ގެ ޗުއްޓީ ލިބޭނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. އަދި 2027 ވަނަ އަހަރުގެ އަހަރުގެ ކިޔެވުން ފަށާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ 17 ދުވަހު އެވެ.
  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް