ads
ކަނޑުގަދަ ދުވަހެއްގަ އެމްއެންޑީއެފްގެ ކޯސްޓުގާޑު
ސަލާމަތީ ސެޓްފިކެޓްގެ މުއްދަތު އިތުރުކޮށް، ދެ އަހަރުން އެތައް ހާސް ސެޓްފިކެޓެއް
ކަނޑު ދަތުރުފަތުރުގެ ދާއިރާއިން އާންމު ރައްޔިތުންނަށް ދިމާވަމުން އައި ދަތިތައް ހައްލުކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުމަށް ޓްރާންސް ޕޯޓު މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ކަނޑު އުޅަނދުތަކަށް 3392 ސަލާމަތީ ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
Advertisement

ރާއްޖޭގެ 99 ޕަސަންޓު ހިއްސާކުރަނީ ކަނޑުގެ ސަރަހައްދު ކަމަށް ވުމާއެކު، ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިގޮތުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ މީގެ ކުރިން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރަމުން އައި ކަނޑު އުޅަނދުތަކުގެ ސަލާމަތީ ސެޓްފިކެޓްގެ މުއްދަތު، މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ބަދަލުކުރުމެވެ. މި ބަދަލާއެކުވެސް ކޮންމެ އަހަރަކު އެއްފަހަރު އުޅަނދު ސާވޭކޮށް ވެލިޑޭޓްކުރަން ޖެހޭގޮތަށް ގަވައިދު ވަނީ އިސްލާހުކޮށްފައެވެ. މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު 1750 ސެޓްފިކެޓް ދޫކޮށްފައިވާއިރު، 2025 ވަނަ އަހަރު 1642 ސެޓްފިކެޓް ވަނީ ދޫކޮށްފައެވެ.

މީގެ އިތުރުން ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ގަވާއިދުގައިވާ ގޮތުން، ދޫކޮށްފައިވާ ސެޓްފިކެޓެއް ގެއްލިއްޖެނަމަ ދަތުރު ފެށުމުގެ ކުރިން އެ ސެޓްފިކެޓެއް އަލުން ހައްދަން ޖެހެއެވެ. ގެއްލިގެން އަލުން ހައްދާއިރު އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި 100 ރުފިޔާ ނަގާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، މިކަމަށް އެއްވެސް ޖޫރިމަނާއެއް ދައްކަން ނުޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. މި އިސްލާހުތަކާއެކު އުޅަނދުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށް ޓްރާންސް ޕޯޓު މިނިސްޓްރީން ފާހަގަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް