ads
ހުޅުމާލޭގައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނަގަން ފެށުމަށް ބޭއްވި ރަސްމީޔާތުގެ ތެރެއިން
ހުޅުމާލޭގައި މަގުމަތީ ހުރި ބޭނުންނުކުރާ އުޅަނދުތައް ނަގަން ފަށައިފި
ހުޅުމާލެ އެކި މަގުތަކުގައި ހުރި ބޭނުން ނުކުރާ އަދި ބާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
Advertisement

މި ޕްރޮގްރާމް ކުރިޔަށް ދާނީ ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭ ގައި އެވެ. 

މިއަދު މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމީޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހެއިރުގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވި އެވެ. 

ޓްރާސްޕޯޓް މިނިސްޓްރީ އަދި ޕޮލިހުން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި އެޗްޑީސީގެ އިތުރުން ސަރުކާރު ހިއްސާވާ 8 ކުންފުނި އަދި ޕަބްލިކް ވޯކްސް އިންވެސް ބައިވެރިވާނެ އެވެ. 

3 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން ، ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި މަގުތަކާއި ބިންތަކަށް ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތަށް ނަގާނެއެވެ. 

your imageހުޅުމާލޭގައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނަގަން ފެށުމަށް ބޭއްވި ރަސްމީޔާތުގެ ތެރެއިން

މިކަމާއި ގުޅިގެން ފުލުހުން ބުނީ މިކަމަކީ ހުޅުމާލޭގެ 2 ފިޔަވަހި ބޭނުން ކުރާ ފަރާތްތަކުންނައް މަގުތައް ބޭނުން ކުރުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރިޔަށްގެންދާ ކަމެއް ކަމުގަ އެވެ. 

މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ  މަގުމައްޗަށް އުޅަނދުތަށް ދޫކޮށްލުމުން ގިނަ ދަތިތައް ކުރިމަތިވާ ކަމަށާއި އެ ގޮތުން ޕާކް ކުރުމަށާއި މަގު ބޭނުން ކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމުގަ އެވެ. 

މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ކޮމިސަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މި ޕްރޮގްރާމަކީ ދިގުމުއްދަތަކަށް ކުރިޔަށް ގެންދަން ޖެހޭ ޕްރޮގްރާމެއް ކަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް