ads
މީޑިއާ މައުރަޒު 2025 ގެ ތެރެއިން މަޖިލީހުގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު
ރާއްޖޭގައި އެންމެ އަގުބޮޑު އިނާމު ލިބޭ މުބާރާތަކީ ގުރުއާން މުބާރާތް: މަޖިލިސް ރައީސް
ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެ އަގުބޮޑު އިނާމު ލިބޭ މުބާރާތަކީ ގުރުއާން ކިޔެވުމުގެ މުބާރާތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި "މީޑިއާ މައުރަޒު 2025" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ރާއްޖޭގައި ގުރުއާން މުބާރާތަށް ވުރެ އާދައިގެ އެހެން ކުޅިވަރު ނުވަތަ މުނިފޫހިފިލުވުމުގެ މުބާރާތްތަކަށް މާ އަގުބޮޑު އިނާމުތައް ދެމުން އައިސްފައިވެއެވެ. ނަމަވެސް ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އެންމެ ބޮޑު އިނާމެއް ދެވޭ މުބާރާތަކަށް ވާން ޖެހޭނީ ގުރުއާން ކިޔެވުމުގެ މުބާރާތް ކަމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.

 މި ބަދަލާއެކު ގުރުއާން މުބާރާތުގެ ހާއްސަ ވަނަތައް ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާކަން ވެސް މަޖިލިސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ސަރުކާރުން އިސްލާމީ ދީނީ ސިޔާސަތުތައް ތަންފީޒު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވައި، ގައުމު ބިނާކުރުމުގެ މުހިންމު އަސާސެއްގެ ގޮތުގައި އެކަން ބައްލަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ މިނިސްޓްރީން ހާސިލުކޮށްފައިވާ ކާމިޔާބީތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް