އެމްއެންޑީއެފުން ބުނީ ތިނަދޫ ސީޓީގައި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންކަމަށެވެ.
ބޯކޮށް ވާރޭވެހި ތިނަދޫ ސިޓީ ފެން ބޮޑުވެފައި
މިވަގުތު ފެން ހިންދުމަށް ޓަކައި ތިނަދޫ ސިޓީގެ ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދަންވަރުން ފެށިގެން މެދުކެނޑުމެއް ނެތި ކުރަމުންދިއަ ވިއްސާރައިގެ ސަބަބުން ތިނަދޫ ސީޓީގެ އާންމު ގެތަކަށާއި، ސަރުކާރުގެ ބައެއް ތަންތަން ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައްވެފައިވާކަމަށެވެ.
ފެން ވަދެ ގެއްލުންވީ ސީދާ ކިތައް ގެއަށް ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.
ބޯކޮށް ވާރޭވެހި ތިނަދޫ ސިޓީ ފެން ބޮޑުވެފައި
މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދުވެސް ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
ބޯކޮށް ވާރޭވެހި ތިނަދޫ ސިޓީ ފެން ބޮޑުވެފައި
ފަތިހު 04:30 ފެށިގެން ހެނދުނު 9:30 އާ ދެމެދު އެ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.