ސުއޫދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ އިޖުތިމާއީ މައްސަލައެއް ނަމަވެސް، އެކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު ސުއޫދު ވަނީ ތަފާތު ނަޒަރިއްޔާތެއް ހުށަހަޅުއްވާފައެވެ.
ސުއޫދު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކައި ހަމައެކަނި ހަރުކަށި އަދަބުތައް ދިނުމަކުން ނުފުދެއެވެ. ހާއްސަކޮށް، މަސްތުވާތަކެތި އުފުލާ މީހުންނަށް ނުވަތަ "ކެރިއަރުންނަށް" މަރުގެ އަދަބު ދިނުމުން، އެ ވިޔަފާރި ހިންގާ މައިގަނޑު މީހުންނަށް ނުވަތަ "ބޮޑެތި މީހުންނަށް" އޭގެ މާ ބޮޑު އަސަރެއް ނުކުރާކަން ފާހަގަކުރެއްވިއެވެ. ގިނަ ފަހަރަށް މިކަމުގައި ޝިކާރައަކަށް ވަނީ ފައިސާގެ ދަތިކަން ހުންނަ އާދައިގެ ނިކަމެތި މީހުން ކަމަށް ވާތީ، މަރުގެ އަދަބު ދިނުމަކީ އިންސާފުވެރި އަދި އެންމެ އެކަށީގެންވާ ހައްލު ނޫން ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.
ދާދި ފަހުން މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނާގޮތުން ވަކި މިންވަރަކަށްވުރެ ގިނައިން ޑައިމޯފިން އެތެރެކޮށްފިނަމަ މަރުގެ އަދަބު ދެވިދާނެއެވެ. ނަމަވެސް، މިދިޔަ އަހަރުތަކުގައި މި އަދަބު ތަންފީޒުކުރުމާ މެދު ގާނޫނީ މާހިރުންގެ މެދުގައި ވަނީ ބަހުސްތަކެއް އުފެދިފައެވެ.
މީގެ އިތުރުން، ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް ޑްރަގް ޓްރެފިކިން މައްސަލަތަކުގައި މަރުގެ އަދަބު ދިނުން މަދުކުރަމުން އަންނަ ކަމަށް ސުއޫދު އިޝާރާތް ކުރެއްވިއެވެ. އޭގެ ބަދަލުގައި އެ ގައުމުތަކުން އިސްކަންދެނީ ކުށްކުރާ މީހުން ރިހެބިލިޓޭޓްކޮށް، އަނބުރާ މުޖުތަމައަށް ގެނައުމަށާއި، ޑްރަގް ނެޓްވޯކްތައް ރޫޅާލުމަށް އިންޓެލިޖެންސް ބޭނުންކޮށްގެން މަސައްކަތް ކުރުމަށެވެ. ފަނޑިޔާރު ސުއޫދު ގަބޫލުފުޅުކުރައްވާ ގޮތުގައި ރާއްޖޭގައި ވެސް މިފަދަ ޒަމާނީ އުސޫލުތައް ގެންގުޅުމަކީ މުހިންމު ކަމެކެވެ.