ads
އިންތިހާބެއްގައި މީހަކު ވޯޓްލަނީ
އީސީ އިން ކައުންސިލް އިންތިހާބުގައި ވާދަ ކުރާ މީހުންގެ ކުށުގެ ރިކޯޑް ސާފުކުރަނީ
އަންނަ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަށް ކުރިމަތިލާ މީހުން ކުށާއި، ދަރަނީގެ ރެކޯޑު ސާފުކުރަން އިލެކްޝަން ކޮމިޝަންއިން ފަށައިފި އެވެ
Advertisement

އަންނަ އަހަރުގެ އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ދިނުމަށް ނިންމާފައިވާ ކަމަށް އީސީ އިން ބުނެ އެވެ. 

"އެގޮތުން، 2025 ޑިސެންބަރު 1 ގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު ބަލައިގަތުމަށް ކޮމިޝަނުންވަނީ ނިންމާފަ" އިލެކްޝަނުން ބުނެ އެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިސްވެ ދެންނެވިފައިވާ ގޮތަށް، ކުށާއި ދަރަނީގެ ރެކޯޑު ދުރާލާ ސާފުކުރުމުގެ ކަންކަން މިއަދުން ފެށިގެން ކުރިޔަށް ގެންދިޔުމަށް އެ ކޮމިޝަނުން އެދެ އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 އަށް ކުރިމަތިލުމަށް އެދޭ މީހުން ސާފުކުރަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑުތަކުގެ މައުލޫމާތު އެ ކޮމިޝަނުން ވަނީ އާންމުކޮށްފައި އެވެ.

އެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޕޯޓަލް އިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ބޭނުމަށް އުމުރަށް ނަގާފައިވާ ކުށާއި ދަރަނީގެ ރެކޯޑު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިންތިހާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމުގެ އިތުރުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑުގެ މައުލޫމާތުވެސް ހުށަހަޅަން ޖެހޭނެ ކަމަށް އީސީއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް