ads
ހުޅޫމާލޭ ފޭސް ދޭއްގައި ހެދި ޕާކިން އޭރިއާ. ފޮޓޯ :ޕީއެސްއެެމް
1200 ވެހިކަލް ޕާކުރާނެ ތަނެއް ފޭސް 2 ގައި ހުޅުވައިފި
ހުޅޫމާލޭ ފޭސް ދޭއްގައި ހަތަރު ފުރޮޅު ލީ އުޅަނދުތަކަށް ހާއްސަކޮށްގެން ޕާކިން އޭރިއާއެއް ހުޅުވައިފިއެވެ
Advertisement

މިތަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ތަން ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ. 

މި ޕާކިން އޭރިއާ ހަދާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހެދި އޮޅުހިޔާ އިންވަގެން އޮތް ސަރަހައްދުގައެވެ. މިތަނުގައި އެއް ފަހަރާ 1200 އުޅަނދަށްް ޕާކުކުރެވޭނެކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. 

މިތަން ހާއްސަކޮށްފައިވަނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް އެކަނިކަމަށާއި މިތަނުގައި ޕާކުކުރެވޭނީ މާލޭ ޒޯނުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް އެކަނިކަމަށްވެސް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ. 

ހުޅުމާލެ އާއި މާލޭގައި ނުގައިވައިދުން ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ނެގުމަށް ފުލުހުންނާއި ކަމާއި ގުޅޭ ދާއިރާތަކުން ވަނީ ހާއްސަ ހަރަކާތެއް ފަށާފައެވެ. އަދި މިކަމަށް ފުލުހުން އަންނަނީ ހާއްސަ އުޅަނދެއް ގެނެސް ބޭނުންކުރަމުންނެވެ.

 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް