ads
ފޮލިޓެކްނިކް އިން ހަދިޔާކުރި ރަސްރަސްކަލުންގެ ހެދުމާއި ހަތިޔާރާއި އެކު
ރަސްރަސްކަލުންގެ ހެދުމާއި ހަތިޔާރު މިނިސްޓްރީއަށް ހަދިޔާކޮށްފި
ރާއްޖޭގެ ބައެއް ރަސްރަސްކަލުންގެ ހެދުމާއި ހަތިޔާރު ސަގާފަތާއި ބެހޭ މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ.
Advertisement

މި ތަކެތި މިނިސްޓްރީއަށް ހަދިޔާ ކުރީ  މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ. 

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީހެ އެދުމަކަށް ތައްޔާރުކުރި މިތަކެތި ހަވާލުކުރުމަށް މިއަދު ވަނީ ޕޮލިޓެކްނިކްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިނިސްޓްރީން ބުނީ ޕޮލިޓެކްނިކުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ  ޝާހީ ގުރުޒަކާއި ރާއްޖޭގެ ބައެއް ރަސްރަސްކަލުން ތުރުކުރެއްވި ބައެއް ހެދުންކޮޅުތަކުގެ ނަމޫނާކަމަށެވެ. 

ގުރުޒަކީ، އިހުގައި ހަނގުރާމަވެރިން ބޭނުންކުރި ހަތިޔާރެކެވެ. 

your imageފޮލިޓެކްނިކް އިން ހަދިޔާކުރި ރަސްރަސްކަލުންގެ ހެދުމާއި ހަތިޔާރާއި އެކު

ޕޮލިޓެކިނިކް ބުނީ ގުރުޒުގެ ނަކަލު ތައްޔާރުކުރީ އެތަނުގެ ކާޕެންޓްރީ ފެކަލްޓީން ކަމަށެވެ. އަދި ރަސްރަސްކަލުން ތުރުކުރެއްވި ހެދުންތަކުގެ ނަކަލު ތައްޔާރުކުރީ އެތަނުގެ ފެޝަން ޑިޒައިނިން ފެކަލްޓީންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް