ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމަށް ބުނަންކެރޭނެ މީހަކު ނުހުންނާނެ: ރައީސް
އެ މަނިކުފާނު ނުވަތަ ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވާން ކެރިވަޑައިގަންނަވާނެ އެއްވެސް ބޭފުޅަކު ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހެންވޭރު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.  

ރައީސް މުއިއްޒު ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ރައްޔިތުންނަށް އެކަން އިހްސާސްވާ މިންވަރަށް އެ މިނިވަންކަން ފެންނަމުންދާނޭކަމަށެވެ. 

މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ވައުދުވެވަޑައިގެންނެވި ގޮތަށް ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން ހުއްޓާލާފައިވާ ކަމަށް ރައީސް މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ބޭފުޅުން ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާކަން ވެސް އެނގިވަޑައިގަންނަވަނީ މީޑިއާ އިން ކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވިއެވެ. 

" ބައެއް ބޭފުޅުން ވިދާޅުވެދާނެ ތިއީ ދޮގެކޭ. ހަމަ ހަގީގަތުގައި ވެސް ބައެއް ބޭފުޅުން ކޯޓަށް ގެންދަން އިއުލާން ކޮށްފައި ނޫނިއްޔާ ކޯޓަށް ގެންދަން ޗިޓު ފޮނުވިކަން އަޅުގަނޑަށް ފެންނަނީ ނޫހުން،" ސަރުއީ ދާއިރާ މިނިވަންވެފައިވާކަން ހާމަކޮށްދެއްވުމުގެ ގޮތުން ރައީސް ވިދާޅުވިއެވެ.

ޤައުމީ ބޮޑެތި ނިންމެވުންތައް ނިންމަވަނީ، ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންގެ މަޝްވަރާގެ މަތީންކަން ތަކުރާރުކުރައްވައި، މިއަދު ވޯޓަކުން އެ ސުވާލު ކުރެއްވިކަމުގައިވިޔަސް، އެކަން ސާބިތު ކުރެވޭނޭކަމަށްވެސް ރައީސް މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް