ads
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މާލޭގެ މޭޔަރު އާދަމް އާޒިމް
މޭޔަރު އާޒިމަށް، ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް
މިހާރު މޭޔަރު އާދަމް އާޒިމް ހުންނެވީ ކޮރަޕްޝަންތަކަށް ލޯ މަރާލައިގެންކަމަށާއި އާ މޭޔަރަކު ހޮވަންޖެހޭކަމަށް ވިދާޅުވެ އާދަމް އާޒިމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ޔާމީން އިސްކޮށް ހުންނަވާ އުފެއްދެވި ޕީއެންއެފްއިން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ވެރިރަށް މާލޭގެ މޭޔަރުކަމަށް ދެން ވަޑައިގަންނަވަން ޖެހޭނީ ކުރީގެ މޭޔަރުންގެ ކޮރަޕްޝަންގެ މައްސަލަތައް ބައްލަވަން ކެރޭ ބޭފުޅެއްކަމަށެވެ. 

ކައުންސިލުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައްކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރު ދޭތެރޭ އޭރުގެ މޭޔަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު މާލެއިން 20 ބިމެއް ވިއްކާލެއްވި ކަމަށެވެ. އަދި އޭރުގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަގުތީ ގޮތުން މޭޔަރުގެ ޒިންމާތައް އަދާކުރެއްވިއިރުވެސް ކޮރަޕްޝަން ހިންގިކަމަށާއި އެކަންކަން އާޒިމް ނުބައްލަވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. 

ޔާމީން ވިދާޅުވީ އާޒިމް މާލޭގެ މޭޔަރުކަމަށް ވަޑައިގެން މިހާތަނަށް ރަނގަޅު މަސައްކަތްތަކެއް ކުރެވި ނަމަވެސް މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރެވޭތޯ ސުވާލު އުފެދޭކަމަށެވެ.

" މި ކަންކަން ކީއްވެގެން އާދަމް އާޒިމް ނުބަލައި މި އުޅެނީ؟ އޭނަ މީގެން ކަމެއް ބަލާކަށް ބޭނުމެއްނުވޭ އެނގޭތޯ. އޭގެ މާނައަކީ އެ ހުންނަނީ ލޯ މަރާލައިގެންނޭ އެ ކަންކަމަށް،" އާޒިމަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން އާޒިމް މޭޔަރުކަމުގައި ހުންނަވާ ގާތް މީހުންނަށް މާލޭގެ ބިންތައް ދެއްވިކަމަށްވެސް ޔާމީން ވަނީ ތުހުމަތުކުރައްވާފައެވެ. އެގޮތުން އާޒިމާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހްއްމަދު ނާޒިމްގެ ހިއްސާ އޮންނަ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއި އެ ދެ ބޭފުޅުންނާ ގުޅުންހުރި ކުންފުނިތަކަށް ބިން ދީފައި އެބަހުރި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި ދަފުތަރުގައި ނުހިމެނޭ ބިންތައްވެސް ދީފައިވާކަމަށް ޔާމީން ވިދާޅުވިއެވެ. 

" އަޅުގަނޑުމެން ބޭނުންވަނީ [ކުރީގެ މޭޔަރުން] މި ހިންގާފައި ހުރި ނާޖާއިޒު ވިޔާނުދާ ކަންކަން ބަލާ ވަރުގެ މޭޔަރަކު،" ޔާމީން ވިދާޅުވިއެވެ.

 

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލްމަހުގެ 4 ވަނަދުވަހު އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. 

މާލޭގެ މޭޔަރުކަމަށް ވާދަކުރާކަން މިހާތަނަށް އިއުލާންކޮށްފައިވަނީ އިދިކޮޅު އެމްޑީޕީން އެކަންޏެވެ. އެޕާޓިން ޕްރައިމެރީގައި ވާދަކުރަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ މެދު ހެންވޭރު ދާއިރާގެ މްމެބަރު އަލީ އާޒިމްއެވެ. ދެ ޕެކްޝަނެއް އޮތް އެމްޑީޕީގައި މާލޭ މޭޔަރުކަމަށް ދެ އާޒިމްގެ ކެމްޕޭން އަންނަނީ ފޯރިގަދަ ވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް