ads
ހަމްދޫން ހަމްޒަތު
އާގިލްގެ ގާތިލު ހަމްދޫން މަރަން ހުކުމްކޮށްފި
އެމްއެމްއޭ ކައިރީގައި 2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި، ލ. ފޮނަދޫ، ހިޔާ، ހަމްދޫން މަރަން ހުކުމްކޮށްފިއެވެ.
Advertisement

އާގިލް މަރާލި މައްސަލައިގައި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލާފައިވެއެވެ. އަދި ހއ. ދިއްދޫ ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލާފައިވެއެވެ. އެކަމަކު ކުށް ސާބިތުވީ ލ. ފޮނަދޫ، ހިޔާ، ހަމްދޫންގެ މައްޗަށެވެ. އޭނާ މަރަން ހުކުމް ކުރީ، އާގިލްގެ ވާރިސުން އޭނާ މަރަން އެދުމުންނެވެ.

ދައުލަތުން އުފުލި މި ދައުވާގައި ބުނެފައިވަނީ ހަމްދޫން ހަމްޒަތު، 31 އޮގަސްޓު 2018 ދުވަހު 19:30 އެހައިކަށްހައިއިރު، ވ. ފުލިދޫއިން މާލެއަށް އައި "ސްކަލް ރައިޑަރ" ލޯންޗު އެމްއެމްއޭއާ ދިމާލުން ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ގާތް ކުރިވަގުތު އެލޯންޗުން ފޭބި ގދ.ފަރެސްމާތޮޑާ ފަރެސްއަވަށް ކޮކާ، އިބްރާހީމް އާގިލުއަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދީފައިވާތީއާއި، ލިބުނު އަނިޔާތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް 31 އޮގަސްޓު 2018 ދުވަހު 20:59 އެހައިކަށްހައިއިރު، އިބްރާހީމް އާގިލު ނިޔާވެފައިވާ ކަމަށެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް